އިތުރު 44 މީހަކަށް ހިމަބިހި ޖެހިއްޖެ؛ ޖުމްލަ 66އަށް
އިސްމާއިލް ރިޒާ
30 ޖޫން 2026 - 14:29
0 comments
ހިމަބިހިން ދިފާއުވާން ޖަހާ އެމްއެމްއާރު ވެކްސިން. - ފޮޓޯ/އޮވެން ހަމްފްރޭޒް، ޕީއޭ
މިދިޔަ ހަފުތާގައި އިތުރު 44 މީހަކަށް ހިމަބިހި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން މިއަދު ބުނެފި އެވެ. އެއާ އެކު، އެ ބަލި ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 66އަށް އަރައިފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންނެވެ.އެޗްޕީއޭއިން ހާމަކުރި ގޮތުގައި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިންނެވެ. ނަމަވެސް ބަލި ޖެހުނު ދިވެހީންގެ ސީދާ އަދަދެއް އެ އިދާރާއިން ހާމައެއް ނުކުރެ އެވެ.މިހާތަނަށް ހިމަބިހީގެ 66 ޕޮޒިޓިވް ކޭސް ދެނެގަނެވިފައިވާއިރު، އޭގެ ތެރެއިން 13 ކޭސް އަކީ އެކްޓިވް ކޭސްތަކެވެ. އަދި ބަލި ޖެހުނު މީހުންނާ ބައްދަލުވި މީހުން ނުވަތަ އެކްޓިވް ކޮންޓެކްޓުންގެ އަދަދު މިހާރު ހުރީ 258 ގައެވެ.ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި:- ގަދަޔަށް ހުން އައުން
- ނޭފަތުން އަރިދަފުސް ނުވަތަ ފެންއައުން
- ކިނބިހިއެޅުން
- ކަރުތެރެ ހަލާކުވެ ފާރުވުން
- ކެއްސުން
- ވަރުބަލިވުން
- ނުތަނަވަސްވުން
- ގައިގައި ނުވަތަ މަސްތަކުގައި ރިހުން
- ކާހިތްނުވުން
ހިމަބިހިން ރައްކާތެރިވުމަށް ޖަހާ އެމްއާރު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ މީހުންނާއި ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނަށް ވެސް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.އެޗްޕީއޭން ބުނީ:- ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް
- ފަރުވާ ހޯދަން ދާއިރު، މާސްކް އެޅުމަށާއި އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް
- ޝައްކުވެގެން ޓެސްޓް ހަދައިފި ނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށް
- ބަލީގެ އަލަމާތެއް ހުރި ނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް
ކިޔުންތެރިންގެ ޝުއޫރު