ރާއްޖެއިން ނައްތާލާގައިވާ ހިމަބިހި ކޮންޓްރޯލް ނުވެ ފެތުރެމުންދާތީ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދޭން ފަށައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ބުނެފި އެވެ.
މާލޭ ސަރަހައްދުން ހިމަބިހި (މީސަލްސް) ޖެހިފައިވާ ބަޔަކު ފެނުނުކަމަށް އެޗްޕީއޭން ބުނީ މިިދިޔަ މަހުގެ 13 ވަނަ ދުވަހު އެވެ. އެޗްޕީއޭން އެންމެ ފަހުން އާންމުކުރި މައުލޫމާތަށް ބަލާއިރު މިހާތަނަށް 22 މީހަކަށް ހިމަބިހި ޖެހިގެން ވަނީ ރިޕޯޓުކޮށްފަ އެވެ.މި ބަލީގެ ކޭސްތައް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.ހިމަބިހިން ރައްކާތެރިވުމަށް އަޅަންވީ ފިޔަވަޅުތައް- ހުންއައިސް ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.
- ފަރުވާ ހޯދަން ދާއިރު މާސްކު އަަޅައިގެން ދިއުން
- އާއްމު ދަތުރުފަތުރުގެ ވަސީލަތްތައް( ބަސް، ފެރީ، ޓެކްސީ ) ބޭނުން ނުކުރުންް
- ހިމަ ބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
- ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުގޮސް ގޭގައި މަޑުކުރުން
ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ބައްޔެކެވެ. އެހެންނަމަވެސް 2023 ވަނަ އަހަރު ވެސް މި ބަލީގެ ކޭސްތަކެއް ވަނީ ރާއްޖެއިން ފެނިފަ އެވެ. ހިމަބިހި ޖެހިފައިވާ މީހަކާ ކައިރީގައި އުޅޭ ބައެއްގެ ގަޔަށް ބަލިއެރުމުގެ ފުރުސަތު 90 ޕަސެންޓަށް އޮވެ އެވެ. އެހެންކަމުން މިއީ އެންމެ އަވަހަށް ފެތުރޭ އެއް ބަލި ކަމަށް، ރެކޯޑްކުރެވެ އެވެ.