ޚަބަރު
ރޭގެ ހާދިސާގައި މޫދަށް ވެއްޓުނީ ފަސް ކޮންޓޭނަރު، ބައެއް ކޮންޓޭނަރު ފެނިއްޖެ
މާލެ ވިޔަފާރި ބަނދަރަށް ބާލާފައިވާ ކޮންޓެއިނާތަކެއް - ފޮޓޯ: މިހާރު
މާލޭގެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް ބާޖަކުން ރޭ ކަނޑަށް ވެއްޓުނު ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރެއް މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ބާޖަކުން ކޮންޓޭނަރުތަކެއް ކަނޑަށް ވެއްޓި، އޮޔާދާ ކަމުގެ މައުލޫމާތު ރޭ 23:10 އެހައިކަންހާއިރު، އެ ކުންފުނިން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ ހާދިސާގެ އިތުރު ތަފްސީލުކޮށް ހާމަކޮށް ފުލުހުން ދެންމެ ބުނީ ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ވަނީ ފެނިފަ އެވެ. އަދި ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މާލެ ސަރަޙައްދުގައި ދަތުރުކުރާ އުޅަނދުތަކުން އެކަމަށް ވަރަށް ސަމާލުވާން އެދިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު