
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންވެސްޓްކުރުމަށް ފަހު، އެ ފައިސާ ޕެންޝަން އޮފީހުން ސަރުކާރުގެ ބޮންޑަކަށް އިންވެސްޓްކުރުމުގެ މުއާމަލާތެއް ހިންގަން އުޅުމުން އެ ކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން, ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން ޑރ. އަހުމަދު އިނާޒާއި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ސަރުވަޝް އާދަމާއި ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕެންޝަން ފަންޑަކީ ވަޒީފާ އަދާކުރާ މީހާގެ މުސާރައިގެ 14 ޕަސެންޓް ޖަމާކުރާ ފަންޑެއް ކަމަށާއި ވަޒީފާ އަދާކުރާ މީހާ ދޭ 7 ޕަަސެންޓާއި ވަޒީފާ ދޭ މީހާ ދޭ 7 ޕަސެންޓް ޕެންޝަން ފަންޑުގައި ރައްކާކުރަނީ ދޮށީ އުމުރުގައި ޕެންޝަނެއްގެ ގޮތުގައި ދިނުމަށް ކަމަށެވެ."މިއީ އިޖުތިމާއީ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއް. ޕެންޝަން ފަންޑުގައި ހުރި ފައިސާ އެއްވެސް ކަމަކަށް ނެގުމަކީ ވަރަށް ބޮޑު ގޯހެއް،" ނަޝީދު ވިދާޅުވި އެވެ.ޝީދު ވިދާޅުވީ ކޮންމެ މަހަކު ޕެންޝަނަށް ދޭ ފައިސާ ކަނޑާފައި ބާކީ ފައިސާ ފައިދާ ހުރި ކަމަކަށް އިންވެސްޓްކުރުން ރަނގަޅު ކަމަށެވެ. ނަމަވެސް ސަރުކާރުގެ މުސާރަ ދިނުމަށް ނުވަތަ އެއްވެސް ރިކަރަންޓް ހަރަދަކަށް އެ ފައިސާ ހަރަދުކޮށްގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރުމަށް އެދިވަޑައިގެން ނަޝީދު ވިދާޅުވީ ރާއްޖެ ދަނީ ކަނު ބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން ކަމަށެވެ.ޕެންޝަން އޮފީހުން މި މުއާމަލާތަށް ފައިސާ ހޯދަނީ ހިންގަނީ ކުރިން ގަނެފައިވާ ބޮންޑުތަކެއް، އެމްއެމްއޭއަށް ވިއްކާލައިގެންނެވެ. އެމްއެމްއޭއިން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓު ކުރަނީ ސަރުކާރުން ވިއްކާ ދިގު މުއްދަތުގެ ބޮންޑަކަށެވެ.