ޚަބަރު
ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރައީސުލްޖުމްހުރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ މާދަމާ އޮންނާނެ އެވެ.

މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، މާދަމާ އޮންނާނީ ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައި ކަމަށް ވެސް މަޖިލިހުގެ އިދާރާ ބުންޏެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ތިން ވަނަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެ އެވެ.

މާދަމާގެ ރިޔާސީ ބަޔާނަކީ ރައީސް މުއިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާނެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު