ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފި
މަރިޔަމް އަނާ
22 ފެބުރުއަރީ 2026 - 14:58
0
comments
Tweet
Telegram
ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.
މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނީ މާލޭގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުން މިއަދު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށެވެ.
އެ ގޮތުން މިއަދުން ފެށިގެން މާޗް 9 ވަނަ ދުވަހަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް އަދި މާޗް 10 ވަނަ ދުވަހުން 19 ވަނަ ދުވަހަށް ހުކުރު އަދި ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރުފަހު 2:00 އަށް ނަގުދު ފައިސާ އަދި ކޭޝް ކާޑުން ޒަކާތް ބަލައިގަންނާނެ ކަމަށް ޒަކާތު ހައުސް އިން ވަނީ ބުނެފަ އެވެ.
އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ޕްލެޓްފޯމްތައް
ދިރާގު މޯބައިލް އެޕްއާއި ދިރާގު ޕޭ ވެބްސައިޓް
އުރީދޫ، އެމް ފައިސާ މޯބައިލް އެޕް
މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕް
ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕް
ފަހިޕޭ މޯބައިލް އެޕް
އަވަސް މޯބައިލް އެޕް
ބަނޑޭރި ޕޭ ވެބްސައިޓް
މީގެ ތެރެއިން ބަނޑޭރިޕޭއާޢި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެއެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދު:
އާދައިގެ ހަނޑޫ: 12 ރުފިޔާ
ތައިލެންޑް ހުދު ހަނޑޫ: 53 ރުފިޔާ
ރަތް ހަނޑޫ: 96 ރުފިޔާ
ބާސްމަތީ ހަނޑޫ (އާދައިގެ): 77 ރުފިޔާ
ބާސްމަތީ ހަނޑޫ (މޮޅު) : 109 ރުފިޔާ
ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 136 ރުފިޔާ
އާދައިގެ ފުށް: 10 ރުފިޔާ
އާޓާ ފުށް: 75 ރުފިޔާ
ޒަކާތު ހައުސް އިން ބުނީ ބަނޑޭރިޕޭއާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށާއި އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ ކަމަށެވެ
ފިތުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. ފިޠުރު ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ. ޒަކާތް ބަހަނީ ފަގީރުންގެ ގޮތުގައި ރެޖިސްޓްރީކުރުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
23 ދުވަސް ކުރިން
0
މުދަލު ޒަކާތް ވާޖިބުވާ ނިސޯބުގެ އަދަދަށް ބަދަލު ގެނެސްފި
2 މަސް ކުރިން
0
ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއިން ގާޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރު ކޮށްދެނީ
2 މަސް ކުރިން
0
ބޮލަކަށް 6,000 ދިވެހި ރުފިޔާގެ މަގުން މި އަހަރުގެ ފިތުރު ޒަކާތް ބަހައިފި
2 މަސް ކުރިން
0
ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނެ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ގޭގް އަމުރު ބާތިލްކުރަން އެމްޖޭއޭން ހައި ކޯޓަށް!
1 ގަޑިއިރު ކުރިން
0
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރެވޭ ގޮތް ހަދާ ބިލު ފާސްކޮށްފި
2 ގަޑިއިރު ކުރިން
0
ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕް ނާޒިމަށް ؛ ތީ ފިތުނަ އުފައްދައި މީހެއް!
3 ގަޑިއިރު ކުރިން
0
ދިރާގުން ބޮޑު އީދަށް ރިސޯޓަށް ؛ ފުރަތަމަ ނަސީބުވެރިޔާ އިއުލާނުކޮށްފި
3 ގަޑިއިރު ކުރިން
0