
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޢުމުރާ އަށް މީހުން ގެންދިއުމަށް އ ކުންފުންޏަށް ދޫކޮށްފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. މިނިސްޓްރީން ބުނީ އެކަމާ ގުޅޭގޮތުން އިތުރަށް ސާފު ކުރަން ޖެހޭ މަޢުލޫމާތުތަކާއި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އުސޫލުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް ކުންފުންޏާ ދެކޮޅަށް އަޅާނެ ކަމަށެވެ.އަ ލްއަބްރާރު" ކުންފުނީގެ ހަވާލުގައި އުމްރާ އަށް ދާން ފައިސާ ދެއްކި 110 މީހެއްގެ ފުރުން އެންމެ ފަހު ވަގުތު ކެންސަލްކުރުމާ ގުޅިގެން އެ މީހުން އުމްރާ ގެންދަން އެހީވެފައި ވަނީ ހައްޖު ކޯޕަރޭޝަންގެ ފަރާތުންނެވެ.މިކަމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބުމާ ގުޅިގެން މިހާތަނަށް ސާފުކުރި މަޢުލޫމާތައް ބަލާއިރު، ޢުމްރާ ދަތުރު ކެންސަލްކޮށްފައިވަނީ ޤަބޫލުކުރެވޭ އެއްވެސް ސަބަބެއް ނެތި އަދި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ޚިލާފަށް ކަމަށް މިނިސްޓްރީން ބުންޏެވެ.މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލްއަބްރާރު ގްރޫޕާއެކު ރަމަޟާން ޢުމްރާއަށް ދިއުމަށް 120 މީހަކު ފައިސާ ދައްކާފައިވެއެވެ. އެމީހުންނަށް ދަތުރު ކެންސަލްވިކަން އެންގީ ދަތުރަށް ފުރަން އޮތް ދުވަހު، ހުރިހާ ކަމެއް ތައްޔާރުކޮށްފައިވަނިކޮށެވެ.