ސްކޫލް ބަންދާ ދިމާކޮށް 4،000 އަށްވުރެ ގިނަ ދިވެހިން އުމްރާއަށް
އިސްމާއިލް ރިޒާ
20 ޖުލައި 2026 - 04:36
0 comments
ދިވެހީން އުމްރާއަށް ފުރުން - ފޮޓޯ/ މޯލްޑިވިއަން
މިފަހަރު 4،000 އަށް ވުރެ ގިނަ ދިވެހީން އުމްރާގެ އަޅުކަން އަދާކުރުމަށް ދިޔަ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި ދުވަސްވަރު ރާއްޖެއިން އުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ އަދަދު އިތުރުވެފައިވަނީ މިއީ ސްކޫލް ޗުއްޓީއަށް ވުމުގެ ސަބަބުންނެވެ. އޭގެ ތެރޭގައި އަމިއްލަ އެކި ގުރޫޕުތަކާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުން ހިމެނެއެވެ. މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މި ދުވަސްކޮޅު އެކި އެކި ޖަމާއަތްތަކުގައި އުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4،000 އަށްވުރެ ގިނަ ކަމަށެވެ. އަދި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ޝަހީމް ވިދާޅުވި އެވެ.ދިވެހި އެކި ގްރޫޕްތައް މެދުވެރިކޮށް އުމްރާގެ އަޅުކަން އަދާކުރަން މި މަސް ތެރޭގައި ޕެކޭޖުތައް ހުރީ 27،000ރ. އާއި 30،000ރ. އާ ދެމެދުގަ އެވެ. އެ ޕެކޭޖުތަކުގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުމުގެ އިތުރުން އެކި ޓުއާ ދަތުރުތައް ވެސް ހިމެނޭކަން ފާހަގަކުރެވެ އެވެ.
ކިޔުންތެރިންގެ ޝުއޫރު