ޚަބަރު
އުއްޗުގެ ތާއީދު ވެސް މޫސާ އަލީ ޖަލީލަށް
މާލެ ސިޓީގެ މޭޔަރު ކަަމަށް ޕީއެންސީން ވާދަަކުރައްވާ މޫސާ އަލީ ޖަލީލު ހޮވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސަ (އުއްޗު) ތާއިދުކުރައްވައި، އެންޑޯޒް ކުރައްވައިފި އެވެ.

އުއްޗުގެ އަރިހަށް ޗަމްޕާ ގިރިއަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް މިއަދު ވަނީ ޒިޔާރަތެއް ކުރައްވާފަ އެވެ. މި ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލް އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަމަށާއި އަދި މޫސާ އަލީ ޖަލީލަށް ވޯޓު ހޯއްދަވާދެއްވަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. 

އަދި ގައުމީ ހިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ މޫސާ ޖަލީލް ފަދަ ބޭފުޅުން ގައުމުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާކަމަށް އުއްޗު ވިދާޅުވިި އެވެ.

މޫސާ ޢަލީ ޖަލީލް ވަނީ، މި ދައުވަތު ދެއްވިކަމަށްޓަކައި އަދި މި އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ ގެނައުމަށް ތާއީދުކުރެއްވިކަމަށްޓަކައި އުއްޗު އަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު