ޚަބަރު
މާފުށީ ކައުންސިލްގެ ރައީސް ގޮނޑި ޕީއެންސީއަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު މާފުށީގައި
އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ކ. މާފުށީގެ ގިނަ ގޮނޑިތަކެއް ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން ދައްކައިފި އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާފުށީގެ ގޮނޑިތައް އެކި ޕާޓީތަކަށް ލިބުނީ ވަރަށް ހަމަހަމަ އަށެވެ. އަދި މީގެ ފަސް އަހަރު ކުރިން 2021 ވަނަ އަހަރު އިންތިހާބުވި ކައުންސިލްގެ ރައީސް ސަލާހަށް މިފަހަރު ގޮނޑި ކާމިޔާބެއް ނުވި އެވެ. 

ސަލާހަށް ލިބިވަޑައިގަތީ 487 ވޯޓެވެ. އެ ގޮނޑި ކާމިޔާބު ކުރެއްވި ކައުންސިލް ކުރީގެ ނައިބް ރައީސް އަދި ޕީއެންސީގެ ކެންޑިޑޭޓު އަލީ ޝައްމޫނަށް ލިބުނީ 666 ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މާފުށީ ކައުންސިލްގައި ހިމެނޭ ތިން ގޮނޑީގެ ތެރެއިން އެއް ގޮނޑި ޕީއެންސީއަށް ލިބުނެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑި ލިބުނީ އެމްޑީޕީގެ މަރިޔަމް ޝިފާނާއަށެވެ. އަދި ކައުންސިލްގެ މެމްބަރު ކަމަށް ދެން ހޮވުނީ އަމިއްލަ ކެންޑިޑޭޓު ހުސެއިން އާމިލެވެ.

ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ގިނަ ގޮނޑިތަކެއް ނެގީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެކަމަކު، މާލެ ސިޓީ ހިމެނޭހެން ފަސް ސިޓީގެ މޭޔަރުކަމާއި ކައުންްސިލްގެ މެޖޯރިޓީ ނެގީ އެމްޑީޕީންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު