ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދިރިއުޅެމުން އަންނަ އަންހެން ދަރިވަރަކު ރޭ ދަންވަރު މަރުވެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ، މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި އުމުރުން 18 އަހަރުގެ ޒުވާނަކު ރޭ ދަންވަރު މަރުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.އެނގިފައިވާ ގޮތުގައި، ކުއްޖާ މަރުވެފައި އޮތީ އޭނާ އުޅޭ ކޮޓަރިތެރޭގަ އެވެ.މި މައްސަލައިގެ ތަފްސީލެއް އަދި ފުލުހުން ވެސް އާއްމެއް ނުކުރެ އެވެ.