ޚަބަރު
ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ މީހަކު މޫދު އަޑީގައި ނިޔާވެފައި އޮއްވާ ފެނިއްޖެ
ކުޅުދުއްފުށީގައި މޫދަށް އެރި އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ ކުޅުދުއްފުށީ، ބަޑިފަސްގަނޑުގެ، އުމުރުން 59އަހަރުގެ ސުލައިމާން ޙުސައިންއެވެ. އޭނާ ނިޔާވެފައިވާކަން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ފުލުހުން ވިދާޅުވީ އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ މިއަދު 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިންކަމަށެވެ. 

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެ އެވެ. ސުލައިމާން ހުސައިން ނިޔާވި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު