އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑރ. ފަޒްނާ ނިޔާވެއްޖެ
އިސްމާއިލް ރިޒާ
09 ޖުލައި 2026 - 18:07
0 comments
ޑރ. ފަޒްނާ -- ފޮޓޯ: މިހާރު
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓް ޕީޑިއެޓްރިޝަން ޑރ. އައިމިނަތު ފަޒްނާ ނިޔާ ވެއްޖެ އެވެ.
ގދ. ގައްދުއަށް ނިސްބަތްވާ ޑޮކްޓަރު މިއަދު މާލޭގައި އަވަހާރަވީ އުމުރުން 47 އަހަރުގައި، ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.ޑރ. ފަޒުނާގެ ކަށުނަމާދު އޮތީ މާލޭ އާސަހަރާ މިސްކިތުގައި، މިރޭ އިޝާ ނަމާދަށް ފަހުގަ އެވެ. އޭނާ ނިޔާވިއިރު އޭނާގެ ދެ އަންހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.ޑރ. ފަޒުނާ ތައުލީމާއި ތަމްރީން ހާސިލުކުރެއްވީ މެލޭޝިއާގެ ނެޝަނަލް ޔުނިވާސިޓީންނާއި އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާއިންނެވެ.އޭނާ ކިޔަވާ ވިދާޅުވުމަށް ފަހު ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަނެއްގެ ގޮތުގައި އެނބުރި ރާއްޖެ ވަޑައިގެން، އައިޖީއެމްއެޗުގައި ބަލި މީހުން ބައްލަވަން ފެއްޓެވިކަން އެ ހޮސްޕިޓަލުން އިއުލާންކުރީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގަ އެވެ.ޑރ. ފަޒުނާ ހާއްސަވީ ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ކަމަށްވާއިރު، އޯޓިޒަމްއާއި އޭޑީއެޗްޑީ އާއި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިންނަށް ދެނެގަތުމަށް އެސެސްމެންޓްތައް ހެއްދެވުމުގައި މުހިންމު މަސައްކަތްތަކެއް ކުރެއްވި އެވެ.
ކިޔުންތެރިންގެ ޝުއޫރު