ވިޔަފާރި
ބޭހުގެ މައްސަލައަށް ދެ މަސް ތެރޭގައި ރަނގަޅު ހައްލެއް ގެނެވޭނެ: ރައީސް
ހުޅުމާލެ ފޭސް 1 ގައި ހުޅުވި އެސްޓީއޯގެ އާ ފާމަސީން މީހަކު ހިދުމަތް ހޯދަނީ - ފޮޓޯ: އެސްޓީއޯ
ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ބޭހުގެ މައްސަލައަށް ރަނގަޅު ބޮޑު ބަދަލެއް އަންނާނެކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 

ބޭސް ސިޓީތަކަށް ބޭސް ލިބުމުގައި ކުރިމަތިވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައި، ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު "ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި" ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދައިފަ އެވެ. 

ދައުލަތުގެ މީޑިއާ "ޕީއެސްއެމް"ގެ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޭހުގެ ދަތިކަން ހައްލުކުރުމަށް ސްޓޭޓް ފާމާ އިން ވަރަށް ގިނަ މަސައްކަތްތަކެއް އެއްވަގުތެއްގައި ކުރިއަށްގެންދާ ކަމަށެވެ.

ދިގުމުއްދަތަށް ބޭސް ބޭނުންކުރަންޖެހޭ ބަލި މީހުންނަށް މެދުނުކެނޑި ބޭސް ލިބޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑު ބަދަލެއް އަންނާނެ އިނގޭތޯ. އެކަމަށްޓަކައި އުފެއްދި ސްޓޭޓް ފާމާ ކުންފުނިން މިހާރުވެސް ވަރަށް ގިނަ މަސައްކަތްކޮށްފި. ޖޫން ޖުލައިއާ ހަމައަށް ދާއިރު ވަރަށް ބޮޑުތަނުން ރަނގަޅުވާނެ." ރައީސް ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންވާ ބޭހާއި މެޑިކަލް ކޮންސިއުމަބްލްސް މިހާތަނަށް ގެންނަމުން އައީ އެސްޓީއޯއިންނެވެ. ނަމަވެސް، ބޭސް ނުލިބޭ މައްސަލަ ހައްލުކުރަން ސްޓޭޓް ފާމާ މިދިޔަ އަހަރު އުފެއްދި ނަމަވެސް އެ ކުންފުނީގެ ދަށަށް ހުރިހާ މަސައްކަތެއް ބަދަލުވާނީ އަންނަ ޖުލައި އެކަކުން ފެށިގެންނެވެ. މި މުއްދަތުގެ ތެރޭގައި، އެސްޓީއޯގެ ހުރިހާ ފާމަސީއެއް ވެސް އާ ކުންފުނީގެ ދަށަށް ބަދަލުކުރާނެ އެވެ.

ރައީސްގެ ގަރާރަކުން ސްޓޭޓްފާމާ އުފެއްދީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު