ޚަބަރު
ޕީއެންސީގެ ކޮންގްރެސް އަވަސްކުރަން ފާސްކޮށްފި
ޕީއެންސީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ފަޔާޒު
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސް ބާއްވާ ތާރީހު އަވަސްކޮށްފި އެވެ.

ޕީއެންސީގެ ލީޑަޝިޕުން ކުރިން ނިންމާފައި އޮތީ އެ ޕާޓީގެ ކޮންގްރެސް، އަންނަ އޮކްޓޯބަރުމަހު ބާއްވާށެވެ.

އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ އެއީ ޕާޓީގެ މެންބަރުންގެ މަޖިލީހަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހެޅުއްވުމެއް ހުށަހެޅުއްވި ކަމަށެވެ. އެއީ ސީދާ ކޮން ހުށަހެޅުމެއް ކަން އޭނަ ހާމަނުކުރެއްވި ނަމަވެސް، މިއީ ކޮންގްރެސް އަވަސްކުރަން ހުށަހެޅުއްވި ހުށަހެޅުއްވެއް ވަނީ ކަށަވަރުވެފަ އެވެ.

މިދިޔަ އޭޕްރިލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އއ. ތޮއްޑު އާއި ރަސްދޫން ލިބުނު ކާމިޔާބީ ފާހަގަކުރަން އެ މަހުގެ 19 ވަނަ ދުވަހު ރަސްދޫގައި ބޭއްވި ޖަލްސާައެއްގައި ރައީސް މުއިއްޒު ގޮވާލެއްވީ ޕީއެންސީގެ ކޮންގްރެސްގެ ތައްޔާރީތައް މުޅި ރާއްޖޭގައި ފެށުމަށެވެ.



ގުޅުންހުރި ލިޔުންތައް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު