ޚަބަރު
ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މަސްތުވާތަކެތި.-- ފައިލް ފޮޓޯ: ޕޮލިސް
ވައިގެމަގުން ރާއްޖެ އެެތެރެ ކުރި 1.8 މިލިއަން ރުފިޔާ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 941 ގްރާމްގެ މަސްތުވާތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އަތުލައިގަނެފައިވާ ކަމަށެވެ. މިތަކެތި އަތުލައިގަނެފައިވަނީ، މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. 

އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީގެ އަގު 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ އަރާ ކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެއްޗަކީ، މެތަމްފެޓަމިން ކިޔާ މަސްތުވާތަކެތީގެ ބާވަތެކެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު