ޚަބަރު
ނަޝީދަކީ އެމްޑީޕީއަށް ވަރަށް ޖޯޝު ގެނެސްދޭ ބޭފުޅެއް: ރޮޒައިނާ
ރައީސް މުހައްމަދު ނަޝީދަކީ އެމްޑީޕީއަށް އަލުން ޖޯޝާއި ފޯރި ގެނައުމަށް މުހިއްމު ބޭފުޅެއް ކަމުގައި އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

މި މަހު 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ނަޝީދު ވާދަކުރައްވާއިރު، އެމަނިކުފާނާއި ދެކޮޅަށް ނިކުންނަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

ނަޝީދުގެ ކެމްޕޭން އޮފީސް ހުޅުވުމަށް މަރަދޫފޭދޫގައި ރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ރޮޒެއިނާ ވިދާޅުވީ ޗެއާޕާސަން އިންތިހާބަކީ އެމްޑީޕީ އެކުލަވާލަން އަލުން ލިބޭ ފުރުސަތެއް ކަމަށާއި އެގޮތުން މިއީ އެމްޑީޕީ ދޫކޮށްދިޔަ މީހުން ޕާޓީއަށް އަނބުރާ އައިސް، އެމްޑީޕީ ވަރުގަދަކަމާއެކު މަސައްކަތް ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.

ނަޝީދަކީ އެމްޑީޕީއަށް ވަރަށް ޖޯޝު ގެނެސްދެއްވާ ބޭފުޅެއް ކަމަށާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނިކުންނަން ޖެހެނީ އެ ޖޯޝާއި ފޯރީގައި ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި މިވަގުތު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ވަޑައިގެންފިނަމަ އެމްޑީޕީއަށް ދުރަށްދިޔަ އެންމެން ވެސް އަނބުރާ އައިސް ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށްދެވޭނެ ކަމަށްވެސް ރޮޒެއިނާ ވިދާޅުވި އެވެ.


އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މި އިންތިހާބުގައި ވާދަކުރައްވަނީ ރައީސް ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

ނަޝީދު ވަނީ މީގެ ކުރިން 2005 ވަނަ އަހަރުން 2008 ވަނަ އަހަރާ ހަމައަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު އަދާ ކުރައްވައިފަ އެވެ. އަދި 2014 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ނަޝީދު ހުންނެވި އެވެ. 


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު