ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ތިން ރައީސުން އުފެއްދެވި ކޮމިޓީއަށް މެންބަރުން އައްޔަންކުރައްވައިފި
ޔޫނުސް އިބްރާހިމް
17 މެއި 2026 - 12:12
0
comments
Tweet
Telegram
ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީނާއި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގުޅިގެން މަސައްކަތް ކުރެއްވުމަށް އެ ބޭފުޅުންގެ ފަރާތުން މަންދޫބުން ކަނޑައަޅުއްވައިފި އެވެ.
މި ކޮމިޓީއަށް ކޮންމެ ރައީސެއްގެ ފަރާތްޕުޅުން ވެސް ވަނީ ދެ މަންދޫބުން އައްޔަންކުރައްވާފައެވެ. އެގޮތުން، ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން ކޮމިޓީއަށް އައްޔަންކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މި ކޮމިޓީގައި ތަމްސީލުކުރައްވާނީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ސަލީމް (ސައްލެ) އާއި އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މިހާރު އެ ޕާޓީގެ ގައުމީ މަޖިލީސް މެންބަރު މުޙައްމަދު ރަޝީދު ހުސައިން (ބިގޭ) އެވެ.
މީގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން މި ކޮމިޓީއަށް އައްޔަންކުރައްވާފައިވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލާއި މިދިޔަ އިންތިޚާބުގައި ޔާމީންގެ ތާއީދާ އެކު މާލޭގެ މޭޔަރު ކަމަށް ވާދަ ކުރެއްވި އިސްމާއީލް ޒަރިޔަންދެވެ.
ތިން ރައީސުންގެ ފަރާތްޕުޅުން ކޮމިޓީއަށް އައްޔަންކުރެއްވި ހަ ބޭފުޅުންނަކީ ވެސް ސިޔާސީ މައިދާނުގައި ތަޖުރިބާކާރު، އަދި އެ ބޭފުޅުން ނިސްބަތްވެވަޑައިގަންނަވާ ޕާޓީތަކާއި ފެކްޝަންތަކުގެ އެތެރޭގެ ކަންކަން ވަރަށް ގާތުން ދެނެވަޑައިގަންނަވާ ބޭފުޅުންނެވެ. އެހެންކަމުން، މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާނީ ސީދާ ތިން ރައީސުންގެ އިރުޝާދާއި ލަފާފުޅުގެ މަތިން ކަމަށް ބެލެވެ އެވެ.
ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތިން ރައީސުން ވަނީ ގުޅިގެން އެކުގައި މަސައްކަތް ކުރުމަށް ނިންމާފަ އެވެ. ނަމަވެސް އެއީ ރިޔާސީ އިންތިހާބަށް ދިޔުމުގެ ކޯލިޝަނެއް ނޫންކަން ތިން ރައީސުން ވެސް ފާހަގަކުރެއްވި އެވެ.
ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސަރުކާރުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހުކޮށް ގައުމު ހަމަމަގަށް އެޅުވުމަށް ތިން ރައީސުން އެ ރޭ ގޮވާލެއްވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 ދުވަސް ކުރިން
0
އިގްތިސޯދީ ކާރިސާއަކަށް ވެއްޓިއްޖެ ކަމަށް ބުނެ ޕީއެންއެފްއިން ޖަލްސާއެއް
2 ދުވަސް ކުރިން
0
ޔާމީން ވިދާޅުވީ އަލިފާނުގެ ހާދިސާގެ އިތުރު މައުލޫމާތު އެނގިވަޑައިނުގަންނަވާ ކަމަށް
2 ދުވަސް ކުރިން
0
ޕްރައިމަރީގައި އިބޫ ވާދަކުރަންވީ ސަބަބެއް ނުވިސްނޭ: ނަޝީދު
3 ދުވަސް ކުރިން
0
ޔާމީން މި ފަހަރު ތިލަ ކުރީ މި ސަރުކާރުގެ ކެބިނެޓު އިންގިލާބު ވާހަކަ!
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރިސޯޓު ކުލިން ނުލިބި 97 މިލިއަން ޑޮލަރު އެބަހުރި: މިނިސްޓަރު އަމީން
6 ގަޑިއިރު ކުރިން
0
ބީއެމްއެލްއިން ނިވަ ކުރުނބާ މޯލްޑިވްސްގެ މުރަކަ އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެއްޖެ
1 ދުވަސް ކުރިން
0
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ ފީއެއް، ރަށްވެއްސަކަށްވާނަމަ އެލަވަންސެއް!
1 ދުވަސް ކުރިން
0
ބޭރު ފައިސާއާ ބެހޭ ގާނޫނަށް އަމަލުކުރުމަށް އެމްއެމްއޭއިން އިލްތިމާސްކޮށްފި
1 ދުވަސް ކުރިން
0