ޚަބަރު
އިގްތިސޯދީ ކާރިސާއަކަށް ވެއްޓިއްޖެ ކަމަށް ބުނެ ޕީއެންއެފްއިން ޖަލްސާއެއް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ ޕީއެންއެފްގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

ފެހި ސިގްނަލްގެ ނަމުގައި ބާއްވާ ޖަލްސާ އޮންނާނީ އާޓިފިޝަލް ބީޗްގަ އެވެ. ޖަލްސާ ފަށަން ހަމަޖެހިފައި ވަނީ 8:30 ގަ އެވެ.

މި ޖަލްސާ ބާއްވާ ސަބަބެއްގެ ގޮތުގައި އެ ޕާޓީއިން ބުނީ:

  • ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުން ބަނޑަށްޖެހުމުގެ ބިރު ހީވެ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބަނގުރޫޓުވަމުންދާތީ

  • ޑޮލަރުގެ ސިޔާސަތަށް ގެނައި ބަދަލާ އެކު ރިސޯޓްތަކާއި ބޭރުގެ އިންވެސްޓަރުން އިނދަޖެހުން. އަދި ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާ މެދު ގެއްލެމުން ދިޔުން

ޕީއެންއެފް އިން ބުނި ގޮތުގައި މި ހާލަތުން ރާއްޖެ ސަލާމަތްވާނެ ގޮތާއި ކުރިމަގަށް އޮތް އުއްމީދާއި ދިރުމަކީ ކޮބައިކަން، އެ ޖަލްސާގައި ޔާމީން ވިދާޅުވެދެއްވާނެ އެވެ. އެހެންވެ، ވީހާ ވެސް ގިނަ ބަޔަކު އެ ޖަލްސާއަށް ދިޔުމަށް އެ ޕާޓީއިން ވަނީ ދައުވަތު ދީފަ އެވެ

މި ޖަލްސާއާ ބެހޭ ގޮތުން ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ ވީހާ ވެސް ގިނަ ރައްޔިތުން ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް އެދިވަޑައިގެންފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު