ޚަބަރު
ކަސްޓަމްސްއަށް 48 މުވައްޒަފުން ހޯދަނީ
ކައުންސިލު އިންތިޚާބަށް ހަފުތާއެއް ވެފައި ވަނިކޮށް، ކަސްޓަމްސްއިން ވަޒީފާގެ 48 ފުރުސަތު މިއަދު ހުޅުވައިލައިފި އެވެ.

އެ މަގާމުގެ މުސާރައަކީ 5،000ރ. އެވެ. އޭގެ އިތުރުން އެލަވަންސްގެ ގޮތުގައި 4،660ރ. އާއި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް 75ރ. ގެ އިތުރުން ކޮއްތު ފައިސާ އާއި އިތުރު ގަޑީގެ ފައިސާ އާއި ބަންދު ގަޑީގެ ފައިސާގެ އިތުރުން އެހެނިހެން އިނާޔަތްތަކާއެކު މަހަކު ޖުމްލަ 11،000ރ. އަށް ވުރެ ބޮޑު އަދަދެއް ލިބޭނެ އެވެ.

އެ މަގާމުގެ ޝަރުތަކީ ޖީސީއީ އޯ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިހާނެއްގައި ދެ މާއްދާއިން ދަށްވެގެން ޑީ ފާސް ލިބުމާއި ސެކަންޑަރީ ސްކޫލު އިމްތިހާނުން ދަށްވެގެން ސީ ފާސް އަދި ކަސްޓަމްސް އިން ކަނޑައަޅާ ފިޒިކަލް ޓެސްޓުން ފާސްވުމެވެ. 

ނުވަތަ ކަސްޓަމްސްގެ މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ލެވެލް 3 ހާސިލްކޮށްފައިވުމާ އެކު އޯ ލެވެލް ދިވެހި މާއްދާއިން ދަށްވެގެން ސީ ލިބިފައި ވުން ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމް ނުވަތަ ކަސްޓަމަސްގެ އެފަދަ މަސައްކަތާ ގުޅުން ހުރި ގައުމީ ޕްރޮގްރާމެއް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައިވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކަސްޓަމްސް އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން މިއަދު އިއުލާންކުރު އިރު، މިދިޔަ އަހަރުގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވެ އެވެ. އެގޮތުން މިދިޔަ އަހަރު މެއި މަހުގެ ތެރޭގައި 164 މުވައްޒަފުން ހޯދަން އިއުލާންކުރި އެވެ.

މި މަހުގެ 1 އިން ފެށިގެން ކަސްޓަމްސް މުވައްޒަފުންގެ މުސާރަ ވެސް ވަނީ ބޮޑުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު