ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް
އައިމިނަތު ޝިޔާޒާ
13 ޖޫން 2026 - 12:38
0
comments
އީލޮން މަސްކް
Tweet
Telegram
އީލޮން މަސްކްގެ ސްޕޭސްއެކްސް ކުންފުނީގެ ހިއްސާ އާންމުންނަށް ފުރަތަމަ ފަހަރަށް އިއްޔެ ވިއްކަން ފެށުމާ އެކު ހިއްސާގެ އަގު ގާތްގަނޑަކަށް 20 ޕަސެންޓް މައްޗަށް ގޮސް ދުނިޔޭގެ ތާރީހުގައި ވެސް އުފެދުނު ފުރަތަމަ ޓްރިލިއަނަރަށް މަސްކު ވެއްޖެ އެވެ.
އޭނަގެ މިލްކިއްޔާތު އިއްޔެ ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ ފުރަތަމަ ޓްރިލިއަނަށްވެގެން ދިޔަ އިރު، އީލޮން ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމު ދަމަހައްޓަމުން އަންނަތާ ވެސް މިހާރު ގިނަ ދުވަސްތަކެއްވެ އެވެ.
ސްޕޭސް އެކްސް އާއި ޓެސްލާ އާއި އެކްސް (ކުރީގެ ޓްވިޓާ) އާއި އެކްސް އޭއައި ފަދަ ބޮޑެތި ކުންފުނިތަކުގެ ވެރިޔާގެ މިލްކިއްޔާތު މިހާރު 1.11 ޓްރިލިއަން ޑޮލަރަށް އަރާ ކަމަށް ބްލޫމްބާގުން ބުންޏެވެ. އީލޮންގެ މިލްކިއްޔާތު އުފުލިގެން ދިޔައީ އޭނަގެ ކުންފުނި ސްޕޭސް އެކްސް އިއްޔެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށް، ހިއްސާ ވިއްކަން ފެށުމާ ގުޅިގެންނެވެ.
އެގޮތުން އިއްޔެ އެކަނި ހިއްސާގެ އާމްދަނީން ސްޕޭންސް އެކްސް އަށް 75 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އެ ކުންފުނީގައި އޮތް އީލޮންގެ ހިއްސާތަކުގެ އަގު 767.1 ބިލިއަން ޑޮލަރާ ގާތްކުރެ އެވެ.
މި ތާރީހީ ހިއްސާގެ ބާޒާރާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެފައިވާއިރު، ސްޕޭސްއެކްސް އަކީ މިދިޔަ އަހަރު 5 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނު ކުންފުންޏެކެވެ. އެހެންނަމަވެސް، މިހާރު މިލިބުނު ބޮޑު ކުރިއެރުމުގެ އަސްލަކީ ކުންފުނީގެ އާމްދަނީގެ 80 ޕަސެންޓު ހިއްސާކުރާ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ވިޔަފާރިއަށް އައިސްފައިވާ ބޮޑު ކުރިއެރުމެވެ.
ހިއްސާ ވިއްކަން ފެށުމާ އެކު ސްޕޭސްގެ އަގު މިހާރު ވަނީ 1.96 ޓްރިލިއަން ޑޮލަރަށް އަރައިފަ އެވެ. ޓެސްލާ އާއި ސްޕޭސްއެކްސްގެ ކާމިޔާބީއާ އެކު ދުނިޔޭގެ ސަމާލުކަން ހޯދި މަސްކް ވަނީ 2022 ވަނަ އަހަރު 'އެކްސް' (ކުރީގެ ޓްވިޓާ) ބައްލަވައިގަނެ، އޭނާގެ ނުފޫޒު އިތުރަށް ފުޅާކުރައްވާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ގަޑިއިރު ކުރިން
0
ޕެރަގުއޭގެ މައްޗަށް ކުރި ހޯދައި އެމެރިކާއިން ފެށުން ވަރުގަދަކޮށްފި
1 ދުވަސް ކުރިން
0
އިރާނާއެކު ސުލްހަވާން ގާތްވެއްޖެ: ޓްރަމްޕް
2 ދުވަސް ކުރިން
0
މިދިޔަ މަހު ޑޮލަރުން ދައުލަތަށް ލިބުނުވަރު ދަށަށް!
7 ދުވަސް ކުރިން
0
އިންޑިއާ ކަނޑުން އީރާނުގެ ތެޔޮ ޓޭންކަރަކަށް އެމެރިކާ ސިފައިން އަރައިފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސިވިލް ސާވިސް ކޮންފަރެންސް ފަށައިފި
1 ގަޑިއިރު ކުރިން
0
މުވައްޒަފުންނަށް ބޭއިންސާފުން ފިޔަވަޅު އަޅާތީވެ، ނަޝީދުގެ އިންޒާރެއް!
2 ގަޑިއިރު ކުރިން
0
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަކަށް އީލޮން މަސްކް
2 ގަޑިއިރު ކުރިން
0
ޕެރަގުއޭގެ މައްޗަށް ކުރި ހޯދައި އެމެރިކާއިން ފެށުން ވަރުގަދަކޮށްފި
2 ގަޑިއިރު ކުރިން
0