ޚަބަރު
މުވައްޒަފުންނަށް ބޭއިންސާފުން ފިޔަވަޅު އަޅާތީވެ، ނަޝީދުގެ އިންޒާރެއް!
ރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ނަޝީދު ވާހަކަ ދައްކަވަނީ - ފޮޓޯ/ ނައުޝަމް ވަހީދު
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވުމުގެ ސަބަބުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް މުވައްޒަފުންނަށް އެޅި ފިޔަވަޅުތައް ވަގުތުން އުވާލުމަށް، ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައި ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމާ ވާދަކުރައްވައި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ނަޝީދު މިއަދު ކާމިޔާބުކުރެއްވީ ގާތްގަނޑަކަށް %68 ވޯޓުގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

ނަޝީދަށް ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް ސަޕޯޓަރުން ރޭ ވަނީ އާޓިފިޝަލް ބީޗަށް އެއްވެފަ އެވެ. އާޓީފިޝަލް ބީޗުގައި ބޭއްވި ހަރަކާތުގައި ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ތަނަވަސްކަމާއި މިނިވަންކަމުގެ ހައްގުގައި އެމްޑީޕީގެ އާންމު މެންބަރުން އަބަދު ވެސް ތެދުވާނެ ކަމަށެވެ.

"ސަރުކާރުން އެއްވެސް މީހަކާ ދޭތެރޭގައި ބޭއިންސާފުން އެއްވެސް ކަމެއް ނުކުރާތި. އަޅުގަނޑުމެން ތިބޭނީ ގަދަފަދަކޮށް، ސީދާ ހަރަކާތަށް ނުކުންނަން ތައްޔާރަށް،"

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަން ތަކުރާރުކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު