ޚަބަރު
އަލިފުށީ ހޮސްޕިޓަލާއި، އެއާޕޯޓް މިދައުރުގެ ތެރޭގައި ހުޅުވޭނެ: ރައީސް
ރ. އަލިފުށީގައި ތަރައްގީކުރާ އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫއުގެ މަސައްކަތް ނިންމާ މި ދައުރުގެ ތެރޭގައި ހުޅުވޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނުގެ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އަލިފުއްޓަކީ ސަރަޙައްދީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ރަށަކަށްވާތީ އެ ރަށުގެ އެއާޕޯޓްގެ އިތުރުން ހޮސްޕިޓަލްގެ މަޝްރޫޢު ހިމެނޭހެން ވެވަޑައިގެންފައިވާ ހުރިހާ ވަޢުދުތަކަކީވެސް ޚާއްޞަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދާނެ މަޝްރޫއުތަކެއް މަށެވެ.

"އެއާޕޯޓާއި ހޮސްޕިޓަލް މަޝްރޫއު ވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ. މި މަޝްރޫއުތަކަށް އެ ކުންފުންޏަށް ބޭނުންވާ ސާމަނު ގަތުމަށް ބޭނުންވާ ފައިނޭންސް ވަނީ ހަމަޖެހިފައި،" ރައީސް ވިދާޅުވި އެވެ. "މާ ލަސްތަކެއް ނުވެ އެމްޓީސީސީގެ ފަރާތުން އެ މަޝްރޫއަށް ބޭނުންވާ ސާމާނު ހޯދާ މަސައްކަތް ފެށިގެން ދާނެ. މި ދެ މަޝްރޫއު މި ދައުރުގެ ތެރޭގައި ނިންމާ ހުޅުވާނަން."

އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިގޮތަކަށް އޮންނަ ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމަކީ އެރަށު ރައްޔިތުންގެ ޒަމާންވީ ހުވަފެނެކެވެ. މިހުވަފެން ޙަޤީޤަތަކަށް ހެދުމަށް އެރަށުން 50.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ. މީގެތެރެއިން %80 ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއާޕޯޓު ހެދުމަށެވެ. އަނެއް %10 ބިން ބޭނުންކުރާނީ 3000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަލިފުށްޓަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ އިތުރުން އެރަށުގެ އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމަށެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު