ޚަބަރު
ޑޮލަރުގެ ކަޅުބާޒާރެއް އުފެދޭނީ ސަރުކާރު ފެއިލްވީމަ: ޔާމީން
ގައުމެއްގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދިގެންދާނީ އެ ގައުމެއްގައި އޮންނަ ސަރުކާރެއް ފެއިލްވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.

ޔާމީން މިފަދައިން ވިދާޅުވިއިރު މިހާރު ބާޒާރުގައި ޑޮލަރެއް ލިބެން ހުރީ 20.50ރ. އަށެވެ. 

ރައީސް ޔާމީން ވިދާޅުވީ، ޑޮލަރުގެ ރޭޓު ދިވެހި ރުފިޔާގެ ރޭޓުގައި ނުހިފެހެއްޓޭނަމަ ކަޅުބާޒާރެއް އުފެދޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ޑޮލަރުގެ ކަޅުބާޒާރަކީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި ވާހަކައަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ތަރުޖަމާން އެހެން ވިދާޅުވިކަމަށް ވަންޏާ އެއީ އެކަން އެނގިވަޑައިނުގަންނަވާތީ. ހަގީގަތުގައި ވެސް ޑޮލަރުގެ ކަޅުބާޒާރެއް އުފެދޭނީ ނުވަތަ އުފެދިގެންދާނީ ސަރުކާރު ފެއިލްވީމަ،" ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ރޭ ވިދާޅުވި އެވެ.  

ދުވަސްތަކެއް ނުވެ ޑޮލަރެއްގެ އަގު 21 ރުފިޔާއަށް އަރާނެ ކަމަށާއި، އޭގެ ހުރިހާ ތަކްލީފެއް އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ވެސް ޔާމީން މިފަހުން ވަނީ ވިދާޅުވެފައި އެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު