
ޝަކީލް ފަދަ ސިޔާސީ ބޭފުޅެއް އީސީ ފަދަ މިނިވަން މުއައްްސަސާއަކަށް އައްޔަން ކުރަން ރައީސް ފޮނުއްވުމުން ވެސް ބައެއް އާންމުން އެކަމަށް އޭރު ފާޑުކިޔުން އަމާޒުކޮށްފައިވެ އެވެ.ޕީއެންސީގެ ސެނެޓް މެންބަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި ޝަކީލް އެ ޕާޓީގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. ޝަކީލް އީސީއަށް އައްޔަން ކުރުމާ އެކު މިހާރު އެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދަވަނީ ޑެޕިއުޓީ ރަޖިސްޓްރާ އަހުމަދު ހަމްދާން ނާސިރެވެ.ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމިޓީގައި ވެސް އިސްކޮށް އުޅުއްވި ޝަކީލް އިސީއަށް އައްޔަން ކުރުމުގެ ކުރިން އޭނާއަކީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރެވެ.ޝަކީލް އެ މަގާމަށް އައްޔަނުކުރަން ނެގި ވޯޓުގައި އެމްޑީޕީ މެމްބަރުން ވޯޓު ދެއްވާފައިވަނީ އެކަމާ ދެކޮޅަށެވެ.ނަމަވެސް، މަޖިލީހުގައި އޮތް ޕީއެންސީގެ ސާފު އަގުލަބިއްޔަތާ އެކު، އީސީގެ ރައީސްކަމަށް ޝަކީލް އައްޔަނުކުރަން ރުހުން ދީފައިވަނީ 51 މެމްބަރުންގެ ވޯޓާ އެކު އެވެ.އީސީގެ މެމްބަރުކަމުގެ ގޮނޑިއެއް ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.