
މި މަހުގެ އެއްވަނަ ދުވަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި ފުރަތަމަ އިންޓަވިއުގައި ޝަކީލް ވިދާޅުވި ގޮތުގައި އެ ނިޒާމާ ގުޅޭގޮތުން ފުރަތަމަ ޖެހޭނީ މީހުން ހޭލުންތެރިކުރުވާށެވެ. އެގޮތުން އެ ނިޒާމު ހިނގާ ގޮތް އެނގި، އެއާ ގުޅޭ އެހެން ހުރިހާ މައުލޫމާތަކާ ގުޅޭ ގޮތުން ވެސް މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށް ވިދާޅުވި އެވެ."ފިޒިކަލީ ގޮތުން އަޅުގަނޑުމެންނަށް އެކަމުގައި އެއްވެސް ހުރަހެއް ނެތް. އެކަމަކު އެކަން ކުރެވޭނީ، ދިގުދެމިގެންދާ ގޮތަކަށް ރައްޔިތުން ހޭލުންތެރިކުރުވުުމަށް ފަހު، އެ ކަމަށް ތައްޔާރުކަން ރައްޔިތުން ހާމަކުރާ ހިސާބުން،" ޝަކީލް ވިދާޅުވި އެވެ.ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ބިލަކީ އީ-ވޯޓިން ތައާރާފްކޮށް، ވޯޓުން ވައްކަން ކުރަން ސިިއްރު އެޖެންޑާއެއްގެ ދަށުން ކުރާ ކަމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ވަނީ ތުހުމަތުކޮށްފަ އެވެ.