ޚަބަރު
މާލޭގައި ލޮރީއެއް ދަށުވެ މީހަކު މަރުވެއްޖެ
ދަރުބާރުގޭ ކައިރި ބޮޑުތަކުރުފާނު މަގުގައި މިއަދު ހިނގި އެކްސިޑެންޓުގައި ނިޔާވި މީހާ ނިޔާވީ ލޮރީއެއް ދަށުވެގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ދަރުބާރުގެ ކައިރިން ބޭރު މަގުގައި ހަވީރު 4:00 ހާއިރު ހިނގި އެކްސިޑެންޓުގައި 39 އަހަރުގެ ދިވެއްސަކު ވަނީ މަރުވެފަ އެވެ. އެއީ ހމ. ގޯތި ނަންބަރު 20054 (ގްރީންޕީކް)/ މާލެ، އިބްރާހީމް ނާސިހު އެވެ. 

އޭނާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

މި ހާދިސާގެ ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، ނާޞިޙު މަރުވެފައިވަނީ ޓްރެއިލާ ލޮރީއެއްގެ ދަށުވެގެންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު