
ރަންލާރި" އެވޯޑު ދީފައިވަނީ މީރާއަށް 16 އަހަރު ފުރުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މާލީ ވަޒީރު ހަސަން ޒަރީރެވެ. މި އެވޯޑް ދީފައިވަނީ 2025 ވަނަ އަހަރު ޓެކްސްގެ ގާނޫނުތަކުގެ ދަށުން އަދާކުރަންޖެހޭ އިލްތިޒާމްތައް ފުރިހަމަކޮށް އެންމެ ގިނައިން ޓެކްސް ދައްކާފައިވާ ފަރާތްތަކަށެވެ.މިފަހަރު 12 ގިންތިއަކުން 19 ފަރާތަކަށްވަނީ "ރަންލާރި" އެވޯޑު ލިބިފައެވެ. އެވޯޑު ލިބިފައިވާ ފަރާތްތަކަކީ؛ފަތުރުވެރިކަމުގެ ދާއިރާގައި ޖީ.އެސްޓީ އާއި ގްރީން ޓެކްސް ރިސޯޓްތަކުގެ ގިންތީން 150 އެނދަށްވުރެ ދަށުގެ ގިންތީން އެވޯޑް ހާސިލްކުރީ ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސްއެވެ. އަދި 151 އެނދާއި 250 އެނދުގެ ގިންތީން އެވޯޑު ހާސިލުކުރީ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް އެވެ. އަދި 250 އެނދަށްވުރެ ގިނައިން އެނދުހުރި ރިސޯޓްތަކުގެ ތެރެއިން އެވޯޑް ލިބިފައިވަނީ ވަލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓަށެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީއާ ގްރީން ޓެކްސް ޓޫރިސްޓް ހޮޓާ ގިންތިން ލިބިފައިވަނީ ހުޅުލެ އައިލެންޑް ހޮޓެލްއަށެވެ. ޓޫރިސްޓް އުޅަނދު ގިންތިން ވިލަމެންދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓްގެ "ގޮމަފުޅު" އެވޯޑް ހޯދާފައިވާއިރު ޓްރެވެލް އެޖެންސީގެ ބައިން އެވޯޑް ހޯދާފައިވަނީ އިންޓުއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ. ޓޫރިސްޓް ގެސްޓްހައުސް ގިންތިން އެވޯޑް ލިބިފައިވަނީ ސަމަން ގްރޭންޑްއަށެވެ.އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ފަރާތްތަކުގެ ގިންތިން އެވޯޑް ހޯދާފައިވަނީ ޓީއެމްއޭއެވެ. އާމްދަނީން ނަގާ ޓެކްސް ބޭންކުގެ ގިންތިން އެންމެ ގިނައިން ޓެކްސް ދައްކާފައިވަނީ ބީއެމްއެލްއެވެ. އެއާޕޯޓް ޓެކުހާއި ފީ އެންމެ ގިނައިން ދައްކާފައިވަނީ އިއްތިހާދު އެއަރވޭސްއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން ޓެކްސް ދައްކައިގެން ރަންލާރި އެވޯޑް ލިބިފައިވަނީ ދިރާގަށެވެ.އާމްދަނީން ނަގާ ޓެކްސް ފަރުދުން ނޫން އެހެން ފަރާތްތަކުގެ ގިންތިންނާއި، ފަތުރުވެކަމުގެ ދާއިރާ ނޫން އެހެނިހެން ދާއިރާތަކުން ވެސް ޓެކްސް ދައްކާފައިވާ ފަރާތްތަކަށް އެވޯޑް ދީފައިވެ އެވެ.މީރާއިން އަމަލުކުރަމުންދާ އާންމު އުސޫލާ އެއްގޮތަށް ރަންލާރި އެވޯޑް ދިނުމުގައިވެސް ބަލާނެ މިންގަނޑުތަކާއި އަމަލުކުރާނެ އުސޫލުތައް ވަނީ ކަނޑައަޅައި އާންމުކޮށްފަ އެވެ. އަދި މި ފަރާތްތަކުން ދައްކައިފައިވާ ފައިސާގެ އަދަދު މީރާއިން ހާމަކޮށްފައެއް ނުވެ އެވެ. މީގެ އިތުރުން އެވޯޑު ދިނުމުގެ ކުރިން، މި އެވޯޑު ލިބިގަތުމާމެދު އެވޯޑު ހައްގުވާ ފަރާތްތަކުގެ އިއުތިރާޒެއް ނެތްކަން މީރާއިން ވަނީ ކަށަވަރުކޮށްފަ އެވެ. އަދި ޓެކްސް ދައްކާ އެއްވެސް ފަރާތަކުން އެ ކަމަށް އިއުތިރާޒުކުރާނަމަ، އެ ފަރާތުގެ ބަދަލުގައި މި އެވޯޑު ދެވިފައިވަނީ ކަނޑައެޅިފައިވާ މިންގަނޑުތަކުގެ ދަށުން ދެން ހޮވޭ ޓެކްސް ދައްކާ ފަރާތަކަށް ކަމަށް މީރާ އިން ބުނެ އެވެ.މި އެވޯޑް ހަވާލުކޮށްދެއްވާފައިވަނީ އެ ހަފްލާގެ ޝަރަފުވެރި މެހެމާން، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.