
ސްޓެލްކޯއިން މިއަދު ބުނީ ކޮވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތާ ގުޅިގެން މާލީ ހާލަތު ދަށްވެގެން ކަރަންޓު ބިލު ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކުން އެ ކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި ކަމަށް އެދި އެކުންފުންޏަށް ހުށައަޅަންޖެހޭއިރު އެކަމަށް އެދޭ ފޯމް ކުންފުނީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮންލައިކޮށް ހުށައަޅަން ބޭނުންވާ ފަރާތްތަކުން https://stelco.com.mv/rpex މި ލިންކް މެދުވެރިކޮށް ހުށައެޅޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.