ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
އިންޑިއާގެ ސްޓޭޓް މިނިސްޓަރު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
މަރިޔަމް އަނާ
04 ޖޫން 2023 - 22:05
0
comments
Tweet
Telegram
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ވީ . މުރަލީދަރަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ގަމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އޮޑިޝާ ސްޓޭޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން އިންޑިއާ ސަރުކާރަށާއި ހާލުގައި ޖެހުނު އާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މި ދަތި އުނދަގޫ ޙާލަތުގައި ރާއްޖެއިން އިންޑިއާ އާއިއެކު ގާތްކަން ބަހައްޓާނެކަމުގެ ޔަޤީންކަން ދެއްވައި، މި ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ކާމިޔާބު ލިބުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވާފައިވެއެވެ. މި ބައްދަލުކުރެވުމުގައި ވާހަކަފުޅު ދައްކަވަމުން މުރަލީދަރަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖާއި، ދިވެހިސަރުކާރުން ދޭ އެއްބާރުލުންފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ރައީސް ޑްރޯޕަދީ މުރުމޫއަށާއި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހެޔޮއެދުންތައް ދަންނަވައިދިނުމަށް މުރަލީދަރަންގެ އަރިހުން އެދިވަޑައިގަންނަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުރަލީދަރަންއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު ވަނީ ރާއްޖެއަށް މުރަލީދަރަން މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މުހިންމު ގިނަ މަޝްރޫޢުތަކެއް ފެއްޓެވުމުން ހިތްހަމަޖެހިވަޑައިގަންނަވާކަން ފާޅުކުރައްވާފައެވެ. ޙާއްޞަކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓް (ޖީ.އައި.އޭ) ބޮޑުކުރުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއު އަކީ އިންޑިއާ ސަރުކާރުގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫއެއްކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖީ.އައި.އޭ ބޮޑުކުރުމުގެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަލުން ބައްޓަންކޮށް، ދެކުނު ސަރަޙައްދުގައި ހަރުދަނާ އިޤްތިޞާދީ ހަބެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި މުރަލީދަރަންގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކުރެވުނު ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް ސްކީމްގެ ދަށުން ވެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އުމްރާނީ ތަރައްޤީއާއި، މުޖުތަމަޢު ބާރުވެރިކުރުވުމަށާއި، މީހުންެގެ ޤާބިލުކަން އިތުރުކުރުމަށާއި، ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި، ކުޅިވަރުގެ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން ފަދަ ދާއިރާތަކުން އިންޑިއާ ސަރުކާރުން އަބަދުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިޙްލާޞްތެރިކަމާއެކު އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އާއި މުރަލީދަރަން ވަނީ ރާއްޖެއާއި އިންޑިއާ އާއި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އަޒުމުކަނޑައަޅުއްވައި އެކަމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އިންޑިއާ އަކީ މި ސަރުކާަރުން ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެކެވެ. މީގެ ކުރިން ވެސް އިންޑިއާއިން ވަނީ އެ ގައުމުގެ ހިލޭ އެހީގައި ރާއްޖޭގައި މިފަދަ ގިނަ މަޝްރުއޫތަކެއް ހިންގާފަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
2 ދުވަސް ކުރިން
0
މުއިއްޒުގެ ރިޔާސީ ވައުދެއް ފުދެނީ؛ އިންޑިއާ ސިފައިން ހުސްވާން ބާކީ 7 ދުވަސް..!
4 ދުވަސް ކުރިން
0
ފޮރިން މިނިސްޓަރު ޒަމީރު އަންނަ ހަފުތާގައި ނިއު ދިއްލީ އަށް
17 ދުވަސް ކުރިން
0
އިންޑިއާ އައުޓް ކެމްޕޭނަށް ނިކުންނާނަން: ޔާމީން
22 ދުވަސް ކުރިން
0
އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކޮށް ލަސްކުރުމަކީ ޑިމޮކްރަސީއަށް އެޅޭ ހުރަހެއް: ސޯލިހު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
10 ގަޑިއިރު ކުރިން
0
ޓްރޭޑްމާކް ބިލާ ގުޅޭ މަޝްވަރާ ސެމިނާއެއް ފަށައިފި
11 ގަޑިއިރު ކުރިން
0
ފިނޭންސުން އެދިގެން އީސީގެ މެމްބަރުން އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި
11 ގަޑިއިރު ކުރިން
0
މޯލްޑިވިއަންއިން ކޮޗިންނާއި ޓްރެވިންޑްރަމްއަށް އިތުރު ދަތުރުތަކެއް ކުރަނީ
11 ގަޑިއިރު ކުރިން
0