ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ވިޔަފާރި
އެއާ އެމްބިއުލާންސް ހިދުމަތަށް ބޭނުންވާ ހާއްސަ ބައެއް ތަކެތި އޫރީދޫން ހަދިޔާކޮށްފި
ހަސަން ހަލީމް
15 އޮކްޓޫބަރ 2024 - 21:36
0
comments
Tweet
Telegram
އުރީދޫއިން ގައުމީ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ބޭނުންވާ 16 މިލިއަން ރުފިޔާގެ ސާމާނު ހަދިޔާކޮށްފިއެވެ.
އޫރީދޫން މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަލް-ހަމާދީ އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑއިގެންނެވިއެވެ.
އުރީދޫއިން ބުނީ، އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގެ ދަށުން މިއަދު ހަދިޔާކުރި ސްޕެޝަލައިޒްޑް އިކުއިޕްމަންޓްގެ އާ ބެޗަކީ ދަތުރުމަތީގައި ބަލިމީހުންގެ ފަރުވާ ރަނގަޅުކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ދިނުމުގެ ގާބިލްކަން ފުޅާކުރުމުގެ ގޮތުން ފޯރުކޮށްދިން އެހީއެއް ކަމަށެވެ.
އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ސިއްހީ ހިދުމަތަކީ އަސާސީ ހައްގެއް ކަމަށާއި އެއާ އެމްބިއުލާންސްގެ ހިދްމަތް ފަދަ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާއި ގުޅިފައިވާ މަސައްކަތްތަކަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރާއި ގުޅިގެން މަސައްކަތްކުރުމަކީ ފަހުރުވެރިވާ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ފަރާތުން ގާތްގަނޑަކަށް 16 މިލިއަން ރުފިޔާގެ މިއިންވެސްޓްމަންޓަކީ، ވަކި ސަރަހައްދަކަށް ބެލުމެއްނެތި، ކޮންމެ މީހަކަށްވެސް، ބޭނުންވެއްޖެ ހިނދެއްގައި ކްރިޓިކަލް ކެއާ ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމެއް. އަޅުގަނޑުމެން އެންމެން ގުޅިގެން، އަޅުގަނޑުމެންގެ މުޖުތަމަޢުތަކާ އެއްބައިވެގެން، ސިއްހީ ހިދްމަތް ކުރިއެރުވުމަށް މަގުފަހިކޮށްދީ، އަދި މިފަދަ ހައްލެއް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަށް އިންވެސްޓްކޮށްގެން، ދުޅަހެޔޮ، ހަރުދަނާ ގައުމެއް ބިނާކުރުމަކީ އަޅުގަނޑުމެން އަހައްމިއްޔަތުކަން ދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވަނީ އަވަސް ސިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް ރާއްޖޭގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވައިފައެވެ. ރަށްތަކުގެ އާބާދީއާއި ދުރުދުރުގައި އެ ރަށްތައް އުފެދިފައި ހުރުމުން، ބަލިމީހުންނަށް ބޭނުންވާ މެޑިކަލް އިންފްރާސްޓްރަކްޗަރާއި އިކުއިޕްމަންޓާއެކު އެ ޚިދުމަތް މުޅި ރާއްޖެއަށް ދިނުމުގައި ގޮންޖެހުންތައް ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުޖުތަމައުތަކުގެ ދުޅަހެޔޮކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރާ ކުންފުންޏެކެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
4 ގަޑިއިރު ކުރިން
0
ބަލިވެއިނުމުން ތެލެސީމިއާ ކުއްޖެއްތޯ ބަލަން ހަދާ ޓެސްޓް ރާއްޖޭގައި ހަދަން ތައްޔާރުވެއްޖެ
5 ގަޑިއިރު ކުރިން
0
ތެލެސީމިއާ ހޮސްޕިޓަލް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
1 ދުވަސް ކުރިން
0
އެމެރިކާގެ ހާވާޑް ޔުނިވާސިޓީން އުރީދޫގެ 6 މުވައްޒަފަކަށް ތަމްރީނު
6 ދުވަސް ކުރިން
0
ނަފުސާނީ ބަލީގެ ހާލަތު ގޯސް: ހެލްތު މިނިސްޓަރު
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް ފާހަގަ ކުރުމަށް އައިކެއާއިން ހާއްސަ ހަރަކާތެއް ބާއްވަނީ
43 މިނެޓް ކުރިން
0
ތިން ޓެކްސް އާއި ފީތައް ބޮޑުކުރުމުގެ ބިލު ބަލައިގަނެ ކޮމިޓީއަށް
2 ގަޑިއިރު ކުރިން
0
މާލެ ސަރަހައްދުގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ 206 ތަނެއް އެބަހުރި: ޑިފެންސް މިނިސްޓްރީ
3 ގަޑިއިރު ކުރިން
0
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ފަށަނީ
3 ގަޑިއިރު ކުރިން
0