ޚަބަރު
ނަފުސާނީ ބަލީގެ ހާލަތު ގޯސް: ހެލްތު މިނިސްޓަރު
ރާއްޖޭގައި ވެސް ނަފުސާނީ ބަލީގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށާއި އެހެންކަމުން ނަފުސާނީ ސިއްހަތު އިސްކުރަން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިލްތިމާސް ކުރައްވައިފިއެވެ.

ދުނިޔޭގައި މިއަދު ފާހަގަކުރާ ނަފްސާނީ ސިއްހަތު ދުވަހާ ގުޅިގެން މިނިސްޓަރު ނެރުއްވި ހިތޯބުގައި ވިދާޅުވީ ރާއްޖޭގައި ވެސް ނަފްސާނީ ބަލީގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ނުރައްކާވަމުންދާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އެހެންވެ، އެކަކު އަނެކަކަށް އަޅާލައި، އޯގާތެރިކަން އިސްކުރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ނަފްސާނީ ސިއްހަތުގެ ދުވަހަށް މި އަހަރު ކަނޑާއަޅާފައިވާ ޝިއާރަކީ "މަސައްކަތުގެ މާހައުލުގައި ނަފްސާނީ ދުޅަހެޔޮކަން" އެވެ.

ނާޒިމު ވިދާޅުވީ ވަޒީފާގެ މާހައުލުގައި ވެސް މުވައްޒިފުންނަށް ރައްކާތެރި، އަޅާލާ، އޯގާތެރި މަސައްކަތު މާހައުލެއް ބިނާކުރުމަކީ ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްޙަތަކަށް މަގުފަހިކޮށްދީ، ވަޒީފާގެ މަޤުޞަދުތައް ހާސިލްކުރުމަށް ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ނަފުސާނީ ޞިއްޙަތަށް ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށް، ނަފްސާނީ ޞިއްޙަތުގެ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، މި ފަރުވާ އަތޮޅުތެރޭގައި ވެސް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ނަފުސާނީ ސިއްހަތަށް ފުޅާދާއިރާއެއްގައި އިންވެސްޓްކޮށް، ނަފުސާނީ ސިއްހަތުގެ ރަނގަޅުފަރުވާ ފަސޭހައިން ލުއިގޮތެއްގައި ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުންކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސް އަކީ އަޅުގަނޑުމެން ކޮންމެ ފަރުދަކީ، ކޮންމެ މުއައްސަސާއަކީ އެކަކު އަނެކަކުގެ ނަފުސާނީ ސިއްހަތަށް އަޅާލާ އެކަމަށް ހޭލުންތެރިވެފައިވާ ބަޔަކު ކަމުގައިވުމަށް ބާރުއެޅުން،" މިނިސްޓަރު ވިދާޅުވިއެވެ.

މެންޓަލް ހެލްތު ޑޭ މިއަދު ފާހަގަ ކުރަމުން އަންނަ އިރު، ދުނިޔޭގެ ނިސްބަތުގައި ކޮންމެ 8 މީހަކުން އެކަކީ ނަފުސާނީ އުނދަގޫ ތަޙައްމަލު ކުރަމުންދާ މީހެއްކަން ދުނިޔޭގެ ޞިއްހަތު ޖަމްޢިއްޔާއިން ފާހަގަކޮށްފައިވެ އެވެ. އަދި 2022 ވަނަ އަހަރުގެ ޑަބްލިއުއެޗް އޯގެ ސްޓެޕް ސާވޭއިން ހާމަވެފައިވާ ގޮތުން، ޑިޕްރެޝަންގެ އަލާމަތްތައް ކޮންމެ 5 މީހަކުން އެކަކު ތަހައްމަލުކުރަމުން ދެ އެވެ.

މި އަހަރުގެ މެންޓަލް ހެލްތު ޑޭގެ ޝިއާރަކީ "މެންޓަކް ހެލްތު އެޓް ވޯކް" އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު