އަބްދުﷲ މައުރޫފް
20 ސެޕްޓެމްބަރ 2026 - 12:23
0 comments
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހިލޭ ގުޅޭނެ ހާއްސަ ހޮޓްލައިނެއް ކަމަށްވާ "1456" މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް, އިންފޮމޭޝަން އެންޑް އާޓްސްއިން ތައާރަފުކޮށްފި އެވެ.
ޔޫތު މިނިސްޓްރީން ތައާރަފުކުރި "1456" ގެ ބޭނުމަކީ ކޮންމެ ޒުވާނަކަށް ވެސް އެެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާ އެކު ކައުންސިލިން އާއި ނަފްސާނީ ސިއްހަތުގެ އެހީތެރިކަމާއި ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ އިރުޝާދު ދިނުމެވެ.
ހޮޓްލައިން މެދުވެރިކޮށް ލިބޭނެ ޚިދުމަތްތަކުގެ ތެރޭގައި:* ވަކިވަކި ފަރުދުންނަށާއި ޢާއިލާތަކަށް ބޭނުންވާ ކައުންސެލިންގ ހިދުމަތް
* ނަފްސާނީ ޞިއްހަތުގެ އެހީތެރިކަމާއި އިރުޝާދު
* ނަފްސާނީ ކުއްލި އެހީތެރިކަން
* ސިއްހީ ސްކްރީނިންގ ހިދުމަތްތައް
* ދިރިއުޅުމުގެ ހުނަރުތަކާއި ނަފްސާނީ ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތައް
* ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ގުޅުންހުރި އެހެނިހެން އެހީތެރިކަން
އެ ހިދުމަތްތައް ލިބޭނީ ސަރުކާރު ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 2:00 އާ ދެމެދު އެ ނަމްބަރަށް ގުޅައިގެން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ހެލްޕްލައިނެއް ގާއިމުކުރިއިރު، ނޭޝަނަލް މެންޓަލް ހެލްތު ހެލްޕްލައިން "1677" މެދުވެރިކޮށް 24 ގަޑިއިރު ނަފްސާނީ އެހީތެރިކަން ދެމުންދާކަން ވެސް ފާހަގަކޮށްލެވެ އެވެ.