ޚަބަރު
އެސްއެމްއީތަކުގެ ދައުރު ފުޅާކުރަންޖެހޭ: ނައިބު ރައީސް
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑު އިފްތިތާހުކޮށްދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ނަމޫނާ އިގުތިސާދެއް ބިނާކުރުމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު މިހާރަށް ވުރެ ވެސް ބޮޑަށް ދެނެގަނެ ވިޔަފާރިވެރީންގެ ގާބިލުކަން އިތުރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފް ރޭ ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ގެ ވިޔަފާރިތަކުން ހޯދަމުންދާ ކާމިޔާބީތައް ޤައުމީ ފެންވަރުގައި ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެގޮތުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ)ގެ ފަރާތުން އިންތިޒާމުކުރާ "މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް 2025" އިފްތިތާހުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ގައުމީ ތަރައްގީގެ ތަސައްވުރުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ އީޖާދީ އިގްތިސާދެއް ބިނާ ކުރުމުގެ ސިޔާސަތު ކަމުގައި ވިދާޅުވެފަ އެވެ.

ފަރުދީ ގޮތުންނާއި ގައުމީ ގޮތުން އަދި ބައިނަލްއަގުވާމީ ގޮތުން ދިވެހި އިގުތިސާދީ މައިދާނުގައި އާ ވިޔަފާރިތައް އާލާވެ ފައިދާވަނޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އިގުތިސާދީ ތަރައްގީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ވަރަށް ބޮޑު ކަމަށާއި ރޭ ތައާރަފުކުރެވުނު އެމްއެސްއެމްއީ އެވޯޑަކީ ބީސީސީ މެދުވެރިކޮށް ސަރުކާރުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ދެވޭ ވަރަށް ބޮޑު ހިތްވަރެއްކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

"މި އިގްތިސާދުގެ އެންމެ މައި މަސައްކަތްތަކަށް ދިރުން ހުރި ހިދުމަތުގެ ސޮފްހާތަކުން ބޮޑުބައެއް ލިޔެވެމުން އަންނަނީ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މައްޗަށް،" ނައިބު ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް އެއް އަހަރު ފުރުނުއިރު، އެއް އަހަރުގައި ރާއްޖެ އަށް މުހިއްމު ދާއިރާތަކުން ތަރައްގީ ގެނެސްފައިވާ ކަމަށެވެ. ހުސެއިން ވިދާޅުވީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކުރުމަށް ގާނޫނީ ގޮތުން މުހިއްމު ބަދަލުތަކެއް ވެސް ގެންނަން ޖެހޭ ކަމަށެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވާއި އެ ވިޔަފާރިވެރިންގެ ގާބިލުކުރަން އިތުރު ކުރުމަށް ވެސް އެހީތެރިކަން އިތުރަށް ފޯރުކޮށްދޭން ޖެހޭ ކަމަށް އެމަނިފަނުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު