ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ކަނޑައަޅައިފި
މަރިޔަމް އަނާ
29 މާޗް 2025 - 22:01
0
comments
Tweet
Telegram
ރާއްޖެއަށް ވެސް، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ އިއުލާންކުރައްވައިފި އެވެ.
ފިތުރު އީދު ދުވަހަކީ މާދަމާ ތޯ ނުވަތަ ހޯމަ ދުވަސް ކަމާ މެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް އިސްލާމިކް މިނިސްޓްރީގެ ހަނދު ސާބިތުކުރާ ކޮމެޓީން މިރޭ ބޭއްވި ބައްދަލުވުމަށްފަހު ކުރި އިއުލާނުގައިވަނީ އިސްލާމީ ބައެއް ގައުމުތަކަށް މިއަދު އިރުއޮއްސުމަށްފަހު ހަނދު ފެނިފައިވާތީ މާދަމާއަކީ އީދު ދުވަސް ކަމަށެވެ.
ރާއްޖެއިން ހަނދު ސާބިތު ކުރުމުގައި އަމަލުކުރާ އުސޫލަކީ ރާއްޖެއަށް ހަނދު ނުފެނުނު ކަމުގައިވީ ނަމަވެސް އިސްލާމީ ގައުމަކަށް ހަނދު ފެނިއްޖެނަމަ ހަނދު ސާބިތުވީ ކަމަށް ބެލުމެވެ. އެގޮތުން ސައުދީ އަރަބިއާއަށް ހަނދު ފެނިފައިވާތީ އެ ގައުމުން ވެސް ވަނީ މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ނިންމައިފަ އެވެ.
ރާއްޖެއާ އަވަށްޓެރި ގައުމުތަކަށް ބަލާއިރު، އިންޑިއާ، ޕާކިސްތާން އަދި ބަންގްލަދޭޝްގައި އީދު ދުވަސް ކަމަށް ކަނޑައަޅައިފައިވަނީ އަންނަ ހޯމަ ދުވަހެވެ.
ސައުދީ އަރަބިއްޔާގެ އިތުރުން އިސްލާމީ ގިނަ ގައުމުތަކަށް މާދަމާއަކީ ފިތުރު އީދު ކަމަށްވާއިރު، ރާއްޖޭގައި ރޯދަ މަހުގެ ފުރަތަމަ ދުވަސް ވެސް ކަނޑައެޅީ ހަނދު ނުފެންނަނީސް އިސްލާމީ ގިނަ ގައުމުތަކަށް ހަނދު ފެނުމުންނެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
18 ގަޑިއިރު ކުރިން
0
މިއަދާއި މާދަމާ ވެސް މާލޭގައި އީދު ހަވީރު އޮންނާނެ
2 ދުވަސް ކުރިން
0
ބީއެމްއެލް އިސްލާމިކް އިން 10 ރަށެއްގައި އީދު ސައި
2 ދުވަސް ކުރިން
0
މިއަދު ހަވީރަކީ ހިނގާފައި އުޅޭ ވަގުތެއް، ވެހިކަލް ދުއްވުން މަނާ
2 ދުވަސް ކުރިން
0
އީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހަދަންޖެހޭ: ރައީސް
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 2000 އަށް އަރައިފި
11 ގަޑިއިރު ކުރިން
0
މާލެ ސިޓީ ކައުންސިލަށް ގޮސް ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅޭ ގޮތް ހަދައިފި
11 ގަޑިއިރު ކުރިން
0
ރަސްދޫ ހާދިސާ: ފިހުނު އަންހެން މީހާ މަރުވެއްޖެ
11 ގަޑިއިރު ކުރިން
0
މިއަދާއި މާދަމާ ވެސް މާލޭގައި އީދު ހަވީރު އޮންނާނެ
18 ގަޑިއިރު ކުރިން
0