ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިނިސްޓަރު ނަހުލާގެ މައްސަލައެއް އޭސީސީއަށް
އަލީ ރާޒީ
29 ސެޕްޓެމްބަރ 2020 - 11:05
0
comments
Tweet
Telegram
ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑަށް ހުށަނާޅުއްވައި، ދިވެހި ރާއްޖޭގެ ޝިޕިން އެޖެންސީގެ ޚިދުމަތް ދިނުމާ ބެހޭ ގަވާއިދު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އުވާލެއްވީ ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކަމުގެ ތުހުމަތާ އެކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޝިޕިން އެޖެންސީތަކާއި ވިޔަފާރިވެރިންގެ ތެެރެއިން 70 ފަރާތް ސޮއިކޮށް އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައި ވަނީ، ރާއްޖޭގައި ހިންގަމުންދާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާސްޕޯޓް އޮތޯރިޓީން 16 ޖުލައި ގައި ޝާއިއުކޮށްފައިވާ ގަވައިދު "ދިވެހިރާއްޖޭގެ ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާބެހޭ ގަވައިދު"، 16 ސެޕްޓެމްބަރު ގައި އުވާލާފައިވާ ކަމަށެވެ.
އެ ގަވައިދަށް އަމަލު ކުރަމުން ދިޔައިރުވެސް ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށާއި ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާތައް ތަކުރާރުކޮށް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ވެސް މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ.
މި ގަވާއިދު މިނިސްޓަރު އުވާލެއްވި ސަބަބާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
އޭސީސީ އަށް ހުށަހެޅި މައްސަލައިގެ ލިއުންތަކުގައި ބުނެފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ 16 ގައި ގެޒެޓްކުރި ގަވާއިދު، ދެ މަސް ފަހުން ސެޕްޓެމްބަރު 16 ގައި އުވާލެއްވީ ގާނޫނު ތަންފީޒުކުރަން އެއްވެސް ކަމެއް ނުކުރައްވަ އެވެ. އެ ގަވާއިދު ތަންފީޒުނުކުރާތީ އެ ޝަކުވާ ވެސް ޝިޕިން އެޖެންސީތަކުން ތަކުރާރުކޮށް ހުށަހަޅަމުންދިޔަ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކަންބޮޑުވުން ޓްރާންސްޕޯޓް އޮތޯރިޓީގެ ބޯޑުން ވެސް މިނިސްޓަރަށް ތަކުރާރުކޮށް އެންގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާކަން އެ ކޮމިޝަނުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 މަސް ކުރިން
0
މަޖިލިސް އިންތިހާބާ ގުޅޭ މައްސަލަތަކެއް އޭސީސީން ބަލަން ފަށައިފި
2 މަސް ކުރިން
6
އާރުޑީސީގެ 14 މިލިއަންގެ ހިޔާނާތެއް ބަލަނީ
2 މަސް ކުރިން
0
ކޮރަޕްޝަން ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން އެއްބަސްވެ ސޮއިކޮށްފި
3 މަސް ކުރިން
0
ފަތުރަނީ ކޮމިޝަންގެ ލިސްޓެއް ނޫން: އޭސީސީ
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ސަފީރުކަމަށް އައްޔަންކުރެއްވި 9 ބޭފުޅަކަށް ފަތްކޮޅު އަރުވައިފި
5 މިނެޓް ކުރިން
0
އިންޑިއާ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާއެއް: ފައިސަލް
17 މިނެޓް ކުރިން
0
މަގުމައްޗަށް ކުނި އެޅި 185 މީހުން މިހާތަނަށް ޖޫރިމަނާ ކޮށްފި
48 މިނެޓް ކުރިން
0
ޢުމްރާއަށް މީހުން ގެންދަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
59 މިނެޓް ކުރިން
0