ލައިފްސްޓައިލް
ރެސިޕީ: އަލުވި ކަވާބު
ބޭނުންވާ ތަކެތި:

3 އަލުވި (ބޮޑު) (ފެނުކައްކައި ޗަސްކޮށްފައި)

1 ދަޅު މަސް

2 ސައިސަމުސާ ކޯންފްލާރ

1 ފިޔާ (ތުނިކޮށް ކޮށާފައި)

1 މިރުސް (ކޮށާފައި)

1/4 ސައިސަމުސާ މުގުރި އަސޭމިރުސް

ލޮނު (ރަހަ ލާ ވަރަށް)

ކުޑަ ރީނދޫކޮޅެއް

ތެޔޮ (ތެލުލުމަށް)


ތައްޔާރު ކުރާނެ ގޮތް:

ފިޔާ މިރުސް، ލޮނު އަދި އަސޭމިރުސް އެއްކޮށް ފިޔާކޮޅު މަޑުވެލަންދެން މޮޑެލާށެވެ. ދެން ބާކީ ހުރި ހުރިހާ އެއްޗެއް އެއްކޮށް އެޅުމަށްފަހު، ރީތިކޮށް އެއްވަންދެން މަސްގަނޑު މޮޑެލާށެވެ. 

މަސްގަނޑުގައި ކުދި ގުޅަ ހަދާލާށެވެ. އެއަށްފަހު، ރޮށި ހެދުމަށް ފުށްގުޅަ ހަދާހެން، ދެއަތުގެ ތެރޭގައި ކުޑަކޮށް ފަތުރައިލާށެވެ. 

ތެޔޮގަނޑަށް ރަނގަޅަށް ހޫނުވުމުން، އުނދުނުގެ ގިނި މެދުމިންވަރެއްގައި ބަހައްޓައިގެން، ކަވާބުތަކަށް މަޑު މުށިކުލަ އަރަންދެން ތެލުލައިލާށެވެ. އެއްފަރާތް ތެލުލެވުމުން އަނެއް ފަރާތްވެސް ތެލުލާށެވެ. 

ކިޔުންތެރިންގެ ޝުއޫރު
72%
16%
12%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު