ލައިފްސްޓައިލް
ރެސިޕީ: އޮނިއަން ޕަކޯޑާ
ބޭނުންވާ ތަކެތި:

3 ފިޔާ (ކޮށާފައި)

1 މިރުސް (ތުނިކޮށް ކޮށާފައި)

1 ސައިސަމުސާ މުގުރި މިރުސް

3 މޭޒުމަތީ ސަމުސާ ފުށް

3 މޭޒުމަތީ ސަމުސާ ހަނޑުލު ފުށް

ރީނދޫކޮޅެއް (ކުލަ ހިފާ ވަރަށް)

ލޮނު (ރަހަ ލާ ވަރަށް)

ތެޔޮ (ތެލުލުމަށް)


ތައްޔާރު ކުރާނެ ގޮތް:

ހުރިހާ އެއްޗެއް އެއްކޮށް ފިޔާކޮޅު މަޑުވެލަންދެން މޮޑެލާށެވެ.

ތެޔޮގަނޑަށް ހޫނުކޮށްލާށެވެ.

ސަމުސަލެއް ބޭނުންކޮށްގެން، ތައްޔާރުކުރި ފުށްގަނޑުން އެތިކޮޅެއް ނެގުމަށްފަހު ތެޔޮގަނޑަށް ލާށެވެ. އެއަށްފަހު މުށިކުލަ އަރަންދެން ތެލުލައިލާށެވެ. މިގޮތަށް ހުރިހާ ޕަކޯޑާތަކެއް ތެލުލައިލާށެވެ. އުނދުނުގެ ގިނި ބަހައްޓަން ވާނީ މެދުމިނެއްގަ އެވެ. 



ކިޔުންތެރިންގެ ޝުއޫރު
50%
0%
25%
25%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު