ލައިފްސްޓައިލް
ރެސިޕީ: ކުއްޅަފިލާފަތު މައްސުނި
ބޭނުންވާ ތަކެތި:

1 ދަޅު މަސް (ތެޔޮ/ފެން ފެލާފައި)

1/3 ޖޯޑު ކާށި ހުނި

1/2 ޖޯޑު ކުއްޅަފިލާފަތް (ތުނިކޮށް ކޮށާފައި)

1 ފިޔާ (ތުނިކޮށް ކޮށާފައި)

1 މިރުސް (ކޮށާފައި)

1 ސައި ސަމުސާ ރިހާކުރު

1 ލުނބޯގެ ފަޅި (ހުތް ފެލާފައި)

ލޮނު (ރަހަ ލާ ވަރަށް)


ތައްޔާރު ކުރާނެގޮތް:

ފިޔާ، މިރުސް، ރިހާކުރު އަދި ލޮނު އެއްކޮށް ފިޔާކޮޅު މަޑުވެލަންދެން މޮޑެލާށެވެ. ދެން އޭގެ ތެރެއަށް ހުނިކޮޅު އަޅައި މޮޑެލާށެވެ. އަދި މަސްކޮޅާއި ލުނބޯހުތް އަޅައި މޮޑެލާށެވެ. ފަތްކޮޅު އަޅާނީ ހުރިހާ އެއްޗެއް އެއްކޮށް މޮޑެ، ލޮނު ހެޔޮވަރު ކުރުމަށް ފަހުގަ އެވެ. ފަތްކޮޅު އެޅުމަށްފަހު، މަޑުމަޑުން މަސްގަނޑާއި އެއްކޮށްލާށެވެ. މާ ބޮޑަށް މޮޑެވިއްޖެނަމަ، ފަތުގައި ހިތިރަހަ ލައިފާނެ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
33%
33%
33%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު