ޚަބަރު
ޒަހާ މިނިސްޓަރުކަމުން ވަކިކުރީއެއް ނޫން، އިސްތިއުފާ ދެއްވީ
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މަޤާމުގައި ހުންނެވި ޒަހާ ވަޙީދު އެ މަޤާމުން މިއަދު އިސްތިޢުފާދެއްވައިފިއެވެ.

އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރު ކަމުގެ މަޤާމުގައި ހުންނަވައިގެން ޒަހާ ވަޙީދު ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ޒަހާ ހުންނެވި މަގާމަށް، ކުރިން އެންވަޔަރަމަންޓް މިނިސްޓަކަށް ހުންނެވި ޑރ. ހުސައިން ރަޝީދު ވަނީ އައްޔަންކޮށްފަ އެވެ.

ފިޝަރީޒް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި، ޑރ. ހުސެއިން ވަނީ 2008 އަހަރުން 2013 ވަނަ އަހަރާ ހަމައަށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވަވާފަ އެވެ. ލޭބާ މިނިސްޓްރީގައި ވެސް ހިދުމަތް ކުރެއްވި ޑރ. ހުސެއިނަކީ ގާނޫނު އަސާސީ އިސްލާހުކުރަން އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ.

ޖުމްހޫރި ޕާޓީގެ ޑެޕިޔުޓީ ލީޑަރުގެ މަގާމުގައި ހުންނެވި، ޑރ، ހަސަން ވަނީ މަސްވެރިކަމުގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު