ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
މިއަދު ސަރުކާރު ހިނގަމުން ދަނީ އިމްރާން އާއި ގާސިމް އަދި ރައީސް މައުމޫން: ބޮންޑޭ
އަލީ ރާޒީ
25 އޭޕްރީލް 2022 - 15:22
0
comments
Tweet
Telegram
މިއަދު ސަރުކާރު ހިނގަމުން ދަނީ ޝެއިހް އިމްރާން އާއި ގާސިމް އިބްރާހިމް އާއި ރައީސް މައުމޫން ކަމަށް އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮނޑޭ ވިދާޅުވީ ވެރިކަމަށް އެމްޑީޕީ އައީ ސަރުކާރުގެ 40 ޕަސެންޓު ލިބޭ ގޮތަށް ކަމަށާއި، ނަމަވެސް އަދި މިހާތަނަށް އެމްޑީޕީއަށް އެމިންވަރު ނުލިބޭކަމަށް ބޮނޑޭ ވިދާޅުވިއެވެ.
ބޮނޑޭ ވިދާޅުވީ މިއަދު ސަރުކާރު ހިނގަމުން ދަނީ ޝެއިހް އިމްރާން އާއި ގާސިމް އިބްރާހިމް އާއި ރައީސް މައުމޫންކަމަށެވެ. އަދި ވެރިކަން ގެނައުމަށް އެންމެ ބޮޑު ގުރުބާނީއެއްވި އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ހުރީ އެކަހެރިކޮށްފައި ކަމަށެވެ. އަދި އެކަން އެމްޑީޕީ މެމްބަރުން ބަލައި ނުގަންނާނެކަމަށް ބޮނޑޭ ވިދާޅުވިއެވެ.
"އެ 40 ޕަސަންޓަށް ހައްގުވާ މިންވަރެއް ވެސް ނުދޭ. އަޅުގަނޑުމެންގެ މަދު ވަޒީރެއް ތިއްބެވީ. ދެން މިރާއްޖެ ހިންގަމުން ދަނީ ޝައިހް އިމްރާން. މިރާއްޖެ ހިންގަމުންދަނީ ގާސިމް އިބްރާހީމް. މިރާއްޖެ ހިންގަމުންދަނީ މައުމޫން އަބްދުލްގައްޔޫމް،" ސަރުކާރަށް ފާޑުވިދާޅުވަމުން ބޮންޑޭ ވިދާޅުވި އެވެ.
ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ބޮނޑޭ ވިދާޅުވީ ސަރުކާރުން ކުރާހާ ކަންކަން އެމްޑީޕީން ސިއްރު ނުކުރާނެ ކަމަށެވެ. އަދި ސަރުކާރުން ކިތަންމެ ބޭނުންވިއަސް އެމްޑީޕީ ގޭންގަކަށް ނެހެދޭނެކަމަށެވެ.
ސަރުކާރުން އެމްޑީޕީއާ މެދު ބޭއިންސާފުން އަމަލުކުރަމުންދާތީ ކުރިއަށް އޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް އިމްތިޔާޒު ފަހްމީ ހޮވައިދީ ސަރުކާރަށް ވަރުގަދަ މެސެޖެއް ދިނުމަށް ވެސް ބޮންޑޭ ވަނީ އެމްޑީޕީގެ މެންބަރުންނަށް ގޮވާލައްވާފަ އެވެ.
"މިފަހަރު އިމްތިޔާޒު ފަހްމީ އަށް ވޯޓު ދީގެން ސަރުކާރަށް ވަރަށް ވަރުގަދަ މެސެޖެއް ފޯރުކޮށްދޭންޖެހޭ އެބަ. [ސަރުކާރަށް އެނގެންޖެހޭ] އެމްޑީޕީ ހަނު ނޯންނާނެ ކަމަށް ރައްޔިތުންނަށް އަނިޔާކުރާއިރު. ރައްޔިތުންނަށް ނިކަމެތިކަން ލިބޭއިރު. ސަރުކާރޭ ކިޔައިގެން އަގަ މަޑުންލައިގެން ނޯންނާނެ ކަން. މިފަހަރު ދައްކަންޖެހޭނެ އެމްޑީޕީ މެންބަރުން." ބޮންޑޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ބޮޑު ހިއްސާއެއްވާ އެޕާޓީގެ ރައީސެއް ވެސް ހުރި ސަރުކާރާ ދެކޮޅަށް ތެދުވަން އެމްޑީޕީގެ މެންބަރަކު ގޮވާލައްވާފައިވާއިރު ފެތެމުންދާ ސަރުކާރަކާއެކު ފެތުމަކީ އެމްޑީޕީއަށް ވެސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބުނެ އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ވަނީ ސަރުކާރާ ދެކޮޅަށް ނުކުންނަވައިފައެވެ.
އިތުރަށް ކިޔާލަން:
އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާއެކު ނުފެތުން: ރައީސް ނަޝީދު
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް
7 ދުވަސް ކުރިން
0
ދެން ތިބޭނީ ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްގެ ގޮތުގައި: އެމްޑީޕީ
8 ދުވަސް ކުރިން
0
ޕާޓީ ކެންޑިޑޭޓް ކެމްޕެއިންނަށް އެމްޑީޕީ ލީޑަޝިޕުން ނައީ ކީއްވެ..!؟
14 ދުވަސް ކުރިން
0
އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވާތީ އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި
ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި
2 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
3 ގަޑިއިރު ކުރިން
0
އެހެން ގައުމުތަކަށްވެސް މި މަހު ކަރަންޓު، ގޭސް ބިލު ބޮޑު: ފަހުމީ
3 ގަޑިއިރު ކުރިން
0
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
12 ގަޑިއިރު ކުރިން
0