ޚަބަރު
މ. އަތޮޅުގެ ފަސް ރަށަކަށް ރައީސް ވަޑައިގަންނަވަނީ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަންނަ ހޮނިހިރު ދުވަހު މ. އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވި ގޮތުގައި މި ފެށޭ ހަފުތާގެ ހޮނިހިރު ދުވަހުން ހޯމަ ދުވަހުގެ ނިޔަލަށް މ. އަތޮޅަށް ރައީސް ދަތުރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ބައެއް މަޝްރޫއުތައް ފެށުމަށާއި ނިމުން ފާހަގަކުރުމަށް ދެ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ދިއްގަރު ދާއިރާގައި ހިމެނޭ ފަސް ރަށަށެވެ. އެއީ، ދިއްގަރުގެ އިތުރުން ރަތްމަންދޫ، މަޑުއްވަރީ، ވޭވަށް އަދި މުލި އެވެ.

އެ ރަށްރަށަށް ވަޑައިގެން ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ އެވެ.

މިއުވާން ވިދާޅުވި ގޮތުގައި މި ރަށްތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެމަނިކުފާނު ބައްލަވާލައްވާނެ އެވެ. އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު