ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ކުޅިވަރު
އެސްޓަން ވިލާގެ ކޯޗުކަމުން ޖެރާޑް ވަކިކޮށްފި
ހަސަން ހަލީމް
21 އޮކްޓޫބަރ 2022 - 14:25
0
comments
ޕްރިމިއާ ލީގުގެ އިތުރުން އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ލެޖެންޑް ޖެރާޑް
Tweet
Telegram
އެސްޓޮން ވިލާގެ ކޯޗުކަމާ ހަވާލުވިތާ 11 މަސް ފަހުން، އެ ކްލަބުން ސްޓީވަން ޖެރާޑް މަގާމުން ދުރުކޮށްފިއެވެ.
އެސްޓަން ވިލާގެ ކޯޗުކަމާ ޖެރާޑް، 42، ހަވާލުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު, ތިން އަހަރާ ބައިގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، އަހަރެއް ވެސް ނުވަނިސް އެ ޓީމުން މި ވަނީ ޖެރާޑް ވަކިކޮށްފަ އެވެ.
ލީގުގައި ރޭ އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި ފުލަމްއާ ވާދަކުރި މެޗުން 0-3 އިން ބަލިވެފަ އެވެ. މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކާ އެކު އެސްޓަން ވިލާ މިވަގުތު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ. 11 މެޗުން އެޓީމަށް ލިބުނީ ނުވަ ޕޮއިންޓެވެ.
ރޭގެ މެޗަށް ނުކުތުމުގެ ކުރިން ޖެރާޑް މީޑިއާއަށް ބުނެފައި ވަނީ އޭނާއަކީ ކަންކަމުން ރެކިގަންނަ މީހެއް ނޫން ކަމަށާއި، އޭނާގެ ޑީއެންއޭއަކީ ކަންކަމާ ކުރިމަތިލައި، އެކަންކަން ހައްލުކުރުމަށް ވިސްނުން ކަމަށެވެ. ޖެރާޑު އޭރުވެސް ބުނެފައި ވަނީ ކްލަބުން ނިންމާ ނިންމުމަށް އަބަދުވެސް އިހުތިރާމު ކުރާ ކަމަށާއި، އޭނާގެ ގާބިލިއްޔަތު ހުރި ވަރަކުން ކަންކަން ރަނގަޅުކުރަން މިދިޔަ ދުވަސްތަކުގައިވެސް މަސައްކަތް ކުރި ކަމަށެވެ.
ލިވަޕޫލަށް 710 މެޗު ކުޅުނު ޖެރާޑް، ވަކިކުރުރުމަށް ފަހު އެސްޓަން ވިލާ އިން ނެރުނު ބަޔާނުގައި ބުނީ ޖެރާޑް އެޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރުއަދާކުރާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޖެރާޑަށް ކާމިޔާބީ އެދޭ ކަމަށެވެ.
ކުރިން ލިވަޕޫލްގެ ކެޕްޓަނަކަށް ހުރި، ޖެރާޑް ކޯޗިންގެ ފުރަތަމަ މަސައްކަތް ރޭންޖާސްއާ އެކު ފެށީ 2018 ވަނަ އަހަރު އެވެ. އެޓީމުން 10 އަހަރަށް ފަހު ސްކޮޓިޝް ޕްރިމިއާޝިޕް ކާމިޔާބުކުރީ ޖެރާޑްގެ ކޯޗުކަމުގަ އެވެ. އޭގެކުރިން ޖެރާޑް ވަނީ 18-2017 ވަނަ ސީޒަނުގައި ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމަށް އިރުޝާދުދީފަ އެވެ.
ޖެރާޑަކީ ޕްރިމިއާ ލީގުގައި މި ސީޒަންގައި ވަޒީފާ ގެއްލުނު ހަތަރު ވަނަ ކޯޗެވެ. އެންމެ ފުރަތަމަ ގެއްލުނީ ބޯންމަތުގެ ކޯޗު ސްކޮޓް ޕާކާގެ މަގާމެވެ. އެއަށް ފަހު ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް އާއި ވުލްވްސްގެ ކޯޗު ބްރޫނޯ ލާޖް ވެސް މަގާމުން ދުރުކުރި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
1 އަހަރު ކުރިން
0
ޗެލްސީގެ ކޯޗުކަމުން އިނގިރޭސި ކޯޗު ގްރަަހަމް ޕޮޓާ ވަކިކޮށްފި
1 އަހަރު ކުރިން
0
އެވަޓަންގެ ކޯޗުކަމުން ލަމްޕާޑް ދުރުކޮށްފި
2 އަހަރު ކުރިން
0
އިނގިރޭސި ޕްރިމިއާ ލީގުގެ މި ހަފްތާގެ މެޗުތައް ފަސްކޮށްފި
2 އަހަރު ކުރިން
0
މޮޅުވަމުން އައި އާސެނަލްގެ ރެކޯޑަށް ޔުނައިޓަޑުން ނިމުން ގެނެސްފި
ކިޔުންތެރިންގެ ޝުއޫރު
0%
67%
0%
33%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
އަންހެނުންގެ ދައުރު ފުޅާކުރުމުގެ ހެޔޮ ނަތީޖާ ފެނޭ: މެޑަމްސާޖިދާ
2 ގަޑިއިރު ކުރިން
0
މި ސަރުކާރުގެ ސަފީރުންނަށް ފުރަތަމަ ފަހަރަށް ރުހުން ދީފި
2 ގަޑިއިރު ކުރިން
0
ސީއެސްސީގެ މެންބަރު ކަމަށް ފާތިމަތު ހަބީބާއަށް ރުހުން ދީފި
3 ގަޑިއިރު ކުރިން
0
ދުނިޔޭގެ އެންމެ ބޮޑު އެއާޕޯޓު ޓާމިނަލް ދުބާއީގައި ތަރައްގީކުރަނީ
5 ގަޑިއިރު ކުރިން
0