ހަސަން ހަލީމް
09 ސެޕްޓެމްބަރ 2022 - 17:16
0 comments
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާ ގުޅިގެން މި ހަފްތާގެ އިނގިރޭސި ޕްރިމިއާ ލީގު މެޗުތައް ފަސްކޮށްފި އެވެ.ރޭގެ ވަގުތެއްގައި ކުއީން އެލިޒަބަތު އަވަހާރަވުމާ ގުޅިގެން، ކުޅިވަރު އިވެންޓްތައް ކުރިއަށްގެންދިއުމާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު އިނގިރޭސި ސަރުކާރުން ދިނީ އެ ކުޅިވަރެއް ހިންގާ ފަރާތްތަކަށެވެ. އެ ގޮތަށް ކަނޑައެޅުމާ އެކު އިނގިރޭސި ޕްރިމިއާ ލީގުންނާއި އިނގިރޭސި އެހެން ޑިވިޝަންތައް ހިންގަމުން އަންނަ އީއެފްއެލް އިން ނިންމީ، މި ހަފްތާގެ މެޗުތައް ފަސްކުރުމަށެވެ.ޕްރިމިއާ ލީގުގެ އިތުރުން މި ހަފްތާގައި ކުޅެން ހަމަޖެއްސި އިނގިރޭސި ދެވަނަ ޑިވިޝަނުގެ މެޗުތައް ވެސް މިހާރު ވަނީ ފަސްކޮށްފަ އެވެ.ރާނީ އަވަހާރަވެފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި ސްކޮޓްލެންޑްގެ ބެލްމޯރަލް ކާސަލްގަ އެވެ. ރާނީ އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.އިނގިރޭސި ރަސްކަމުގައި އެންމެ ދިގު މުއްދަތަކަށް ރަސްކަން ކުރެއްވީ އެލިޒަބަތެވެ. އެލިޒަބަތު ރާނީގެ މަގާމުގައި ހުންނަވާތާ މިހާރު ވަނީ 70 އަހަރުވެފައެވެ.ރާނީ އެލިޒަބަތު އަވަހާރަވުމުން ރަސްކަމުގެ ތަޚުތާ އެކަމަނާގެ ދަރިކަލުން ޗާލްސް ވަނީ ހަވާލުވެވަޑައިގެންފަ އެވެ.