
ކެވޯލީ ބުނީ 90000 އަސްކަރީ މީހުން ބައިވެރިވާ މި ތަމްރީނު ޕްރޮގްރާމްގައި ނޭޓޯގެ އިތުރުން މިހާރު ރަޝިއާއި ދެކޮޅު ސްވިޑްން އިންވެސް ބައިވެރިވާނެ ކަމަށެވެ. މި ޑްރިލްތަކުގައި ނޭޓޯގެ ސަރަހައްދީ ޕްލޭންތައް ތަންފީޒު ކުރުމާއި ރަޝިޔާގެ ހަމަލާއަކަށް ރައްދުދޭނެ ގޮތްތައް ރާވާނެއެވެ. ނަމަވެސް ސީދާ ރަޝިއާގެ ނަން މިކަމުގައި ފާހަގަ ނުކުރިޔަސް، ނޭޓޯގެ އެންމެ މަތީ ސްޓްރެޓެޖިކް ޑޮކިއުމަންޓުގައި މޮސްކޯއަކީ މެމްބަރު ގައުމުތަކަށް އެންމެ ބޮޑު އަދި ސީދާ ނުރައްކަލެއް ކަމަށް ފާހަގަކޮށްފައިވެ އެވެ.1988 ވަނަ އަހަރަށް ފަހު ބާއްވާ އެންމެ ބޮޑު ޑްރިލް އަށް މިޑްރިލް ވެގެންދާއިރު، މަތިންދާބޯޓު އުފުލާ އުޅަނދުތަކުން ފެށިގެން ޑިސްޓްރޯޔަރާއި ހަމައަށް 50 އަށް ވުރެ ގިނަ ބޯޓު ބައިވެރިވާނެކަމަށް ވެސް އެއިއްތިހާދުން ބުނެފައިވެ އެވެ. 80 އަށް ވުރެ ގިނަ ބޮންއަޅާ ޖެޓާއި ހެލިކޮޕްޓަރު އަދި ޑްރޯންގެ އިތުރުން މަދުވެގެން 1،100 ހަނގުރާމަވެރި އުޅަނދު ހިމެނޭއިރު، އޭގެ ތެރޭގައި 133 ޓޭންކާއި 533 އިންފެންޓްރީ ހަނގުރާމަވެރި އުޅަނދު ހިމެނޭކަމަށްވެސް ނޭޓޯއިން ބުންޏެވެ.