ވިޔަފާރި
ޅ.އަތޮޅު އާރްޓީއެލް ފެރީ ޚިދުމަތަށް އަހުލުވެރިކުރުމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފި
ޅ އަތޮޅުގެ ރަށަކަށް ފެރީން ދާގީނާ ބާލަނީ: އެ އަތޮޅަށް ފެރީގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ 22 ގައި
ޅ.އަތޮޅުގައި ފެށި އާރްޓީއެލް ފެރީގެ ޚިދުމަތަށް އަހުލުވެރިކުމުގެ ދަތުރުތަކުގެ މުއްދަތު އިތުރުކޮށްފިއެވެ. އަހުލުވެރިކުރުމުގެ ދަތުރުތައް ކުރިއަށްދާނީ އެއްވެސް ފީއަކާ ނުލައެވެ.

އާރްޓީއެލްގެ ފެރީތައް ގެންގޮސް ޅ އަތޮޅުގައި ހިދުމަތް ފެށީ މި މަހުގެ 22 ވަނަ ދުވަހު އެވެ. ޕްލޭނިން މިނިސްޓްރީން ނިންމާފައި އޮތީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުތަކަށް އަގު ނުނަގާ ގޮތަށެވެ. ނަމަވެސް އެ މިނިސްޓްރީން މިއަދު ބުނީ ޅ އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ގެ ދަތުރުތައް ފެށުމުގެ ގޮތުން މިހާރު ކުރިޔަށް ދާ "އަހުލުވެރި ކަމުގެ ދަތުރު" ގެ މުއްދަތު އިތުރު ކޮށްފި ކަމަށެވެ.

މި ދަތުރު ތަކުގައި ވެސް އަގު ނުނަގާނެ ކަމަށެވެ. ނަމަވެސް މުއްދަތު އިތުރުކުރީ ކޮން ދުވަހަކާއި ހަމައަށް ކަމެއް ނުބުނެއެވެ.

މީހުން ދިރިއުޅޭ ހަ ރަށުގެ މައްޗަށް އޮތް ޅ އަތޮޅުގައި ފެރީގެ ހިދުމަތް ދެނީ ދެ ފެރީން ތިން ރޫޓަކަށެވެ. ތޭރަހާހުގެ ބޮޑު އާބާދީއެއް އޮތް އަތޮޅުގައި އެ ހިދުމަތް ދެނީ 35 ރުފިޔާ އާއި 125 ރުފިޔާއާ ދެމެދު އަގެެއް ގައެވެ.

އާރްޓީއެލް ފެރީގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފެށީ ޒޯން 1 އަށެވެ. ޒޯން 1ގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. މިޒޯންގައި ފެރީގެ ޚިދުމަތް ދިނުމަށް 17 ލޯންޗު ބޭނުންކުރެއެވެ.


 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު