އަލީ ރާޒީ
27 ނޮވެމްބަރ 2022 - 14:30
0 comments
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓްތައް ގަތުމަށް އެދި ފޯމު ހުށަހެޅި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އާންމުކޮށްފި އެވެ.އެޗްޑީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓާ އަހްމަދު އާތިފް ވިދާޅުވީ ވިނަރެސް ފްލެޓްތަކަށް އެދި ހުށަހަޅާފައިވަނީ ޖުމްލަ 1413 ފޯމު ކަމަށެވެ. މީގެތެރެއިން ވަގުތީ ލިސްޓުގައި ފްލެޓް ލިބޭ މީހުންގެ ގޮތުގައި އާންމުކޮށްފައިވަނީ 723 ފަރާތެއްގެ ނަމެވެ.
"މި 723 ފަރާތްތަކުގެ ތެރެއިން މީގެ ތެރެއިން ލޯނަށް ޝަރުތު ހަމަވާ ފަރާތްތައް ކަނޑައަޅައި އެކަން ފާސްކުރުން ދެން ކުރިއަށް އޮންނާނީ" އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުދޭވަރަކަށް ގިނަ މީހުންގެ އެޕްލިކޭޝަންތަކުގައި ބައެއް މުހިއްމު ލިޔެކިޔުންތައް މަދުވާ ކަމަށެވެ. އެ ލިޔުންތަކަކީ ލޯނަށް ޝަރުތު ހަމަވާކަން ޔަގީންކުރުމަށް މުހިންމު ލިޔެކިޔުންތަކެއް ކަމުގައިވެސް ވިދާޅުވި އެވެ."ޝާއިރުކޮށްފައިވާ ލިސްޓުގައި ހިމެނޭ ޝަރުތު ހަމަވާ ފަރާތްތަކުގެ މާލީ ގާބިލުކަން ބެލުމާއި ގުޅޭ ގޮތުން މި ކޯޕަރޭޝަނުން އެ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރާނެ އެވެ. މީގެ އިތުރުން، މައި އެޕްލިކެންޓްގެ ގޮތުގައި އެއް ފޯމަށް ވުރެ ގިނަ ފޯމުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ އެންމެ ފޯމަކާ އެކު އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.އެޗްޑީސީން ބުނި ގޮތުގައި، އެ މައުލޫމާތުތައް ސާފުކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުން ގުޅަމުންދާނެ އެވެ. އެކަމަކު އެސްއެމްއެސް މެދުވެރިކޮށް އެއްވެސް މުއާމާލަތެއް ނުކުރާނެކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެ އެވެ. އެގޮތުން:- އެޗްޑީސީން ގުޅާނީ 3353535 ނަމްބަރުން
- އީމެއިލް ކުރާނީ residential@hdc.com.mvއަށް
ވިނަރެސް ފްލެޓްތަކުގެ ވަގުތީ ލިސްޓް މިއަދު އިއުލާންކޮށްފައިވާއިރު ދާއިމީ ލިސްޓް މިއަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އިއުލާނުކުރުމަަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެޗްޑީސީ އިން ބުނެފައިވެ އެވެ.
ވިނަރެސް ފުލެޓުތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޗައިނާގެ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކިޔާ ކުންފުންޏަކާ އަޅަން ހަވާލުކުރި ފުލެޓުތަކަކެވެ.ވިނަރެސްގާ 10 ޓަވަރު ހިމެނޭއިރު ޖުމުލަ 1،344 އެޕާޓްމެންޓް ހިމެނެއެވެ. އެ އެޕާޓްމަންޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި ތިން މިލިއަނާ ދެމެދުގައެވެ.