ޚަބަރު
ހިތަދޫ ކޯޓުގެ ދެ މެޖިސްޓްރޭޓުންގެ މައްސަލަ ބަލަނީ
ޖުޑީޝަލް ސާވިސް ކޮމިޝަންގެ ބައެއް މެންބަރުން
ކޯޓުގެ ބަންދު އަމުރަކާ މެދު ނޫސްބަޔާނެއް ނެރުނު މައްސަލައެއްގައި ސ. ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހުމަދުގެ މައްސަލަ ބަލަމުން ދަނިކޮށް އެ މެޖިސްޓްރޭޓު ކޯޓުގެ އިތުރު ދެ މެޖިސްޓްރޭޓުންގެ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި މައްސަލައަކަށްފަހު އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އެ ކޯޓުުގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީއުއްދީން އަހްމަދު އަމަލުކޮށްފައިވާކަމަށް ބެލެވޭތީ އެ މައްސަލަ މާރިޗް ދެ ދުވަހު ތަހްގީގު ކުރަން ފެށި ކަމަށެވެ.

އަދި އެ ތަހްގީގުގެ ތެރެއިން އިސްމެޖިސްޓްރޭޓް މުހައްމަދު ހާޝިމް އާއިހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޒިޔާދާ ތާހިރުވެސް މި ތުހުމަތުގައި ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާ ކަަމަށް ބެލެވޭ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.

މީގެ ތެރެއިން އިސް މެޖިސްޓްރޭޓު ހާޝިމްއަކީ މީގެ ކުރިން ވެސް މައްސަލައެއްގެ ހަސްމަކާ ބައްދަލުކުރިކަން ސާބިތުވެ، ސުލޫކީ ފިޔަވަޅު އަޅާފައިވާ މެޖިސްޓްރޭޓެކެވެ.

އެހެންވެ އެ މައްސަލަ ބެލުމަށް ނޮވެމްބަރ 27 ބޭއްވި ޖަލްސާގައި ނިންމާ ކޮމިޓީއެއް އެކުލަވާފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު