ފުރަތަމަ ސަފުހާ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ރިޕޯޓު
ދުނިޔެ
ވިޔަފާރި
ކުޅިވަރު
ދީން
ލައިފްސްޓައިލް
ފޮޓޯ
ކޮލަމް
ވާހަކަ
ޚަބަރު
ނައިބު ރައީސް ކަމަށް އަދިވެސް ޝައުގުވެރިކަން ހުރޭ: ފައިސަލް
މަރިޔަމް އަނާ
30 ސެޕްޓެމްބަރ 2023 - 13:07
0
comments
ނައިބު ރައީސް ފައިޞަލް ނަސީމް ވޯޓް ލައްވަނީ-- ފޮޓޯ: ރައީސް އޮފީސް
Tweet
Telegram
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އަދިވެސް ޝައުގުވެރިވާ ކަމަށާއި
ރިޔާސީ އިންތިހާބުގައި މިއަދު ރައްޔިތުން ކޮންމެ ގޮތެއް ނިންމި ނަމަވެސް އެ ގޮތް ބަލައިގަންނަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2018ގައި ވެރިކަމަށް ވަޑައިގަތީ، މި ސަރުކާރުގެ ކޯލިޝަންގެ ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ނައިބު ރައީސްގެ ސްލޮޓަށް ފައިސަލް ހުށަހެޅުއްވުމުންނެވެ.
ފައިސަލް ވިދާޅުވީ މިިދިޔަ ފަސް އަހަރަށް ނައިބު ރައީސް ކަމަށް ހޮވެވަޑައިގަތުމުގެ ކުރިން ވެސް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެވަޑައިގެންނެވީ ވަފާތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ކަމަށެވެ. އެހެންކަމުން، އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވީ އިތުރު ދައުރެއް ލިބިވަޑައިގަންނަވާނެ ކަމުގެ އުންމީދުގައި ނޫން ކަމަށާއި، ބެއްލެވީ މި ފަސް އަހަރުގެ ތެރޭގައި އެންމެ ރަނގަޅަކަށް ކަަންތައްތައް ކުރެއްވުމަށް ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަނީ އަޅުގަނޑަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކޮންމެވެސް ރަނގަޅު ކަންތައްތަކެއް ވެސް ކުރެވުނު ކަމަށް. އަޅުގަނޑު އުންމީދު ކުރާ ގޮތް އެއީ،" ފައިސަލް ވިދާޅުވި އެވެ.
ވޯޓު ލުމުގެ ހައްގަކީ 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެއް ކަމަށާއި އެ ހައްގުގެ ބޭނުންް ހިފުމަށްވެސް ނައިބް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ދެވަނަ ދައުރެއް ލިބުމަކީ ކޮންމެހެން ވާޖިބު ކަމެއްގެ ގޮތުގައި އެމަނިކުފާނު ނުދެކޭ ކަމަށް ކަމަށެވެ. ނަމަވެސް ކަންކަން ރަނގަޅު ކުރުމަށް ދެވަނަ ފުރުސަތެއް ލިބިއްޖެނަމަ އޭގެ ބޭނުން ކޮންމެ ބޭފުޅަކުވެސް ރަނގަޅު ގޮތުގައި ހިފާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ފައިސަލް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމަށް އަދިވެސް ޝައުގުވެރިވާ ކަމަށާއި، އަދި އެމަނިކުފާނަށް ކުރެވިދާނެ ބައިވަރު އެހެން ކަންކަންވެސް އެބަހުރި ކަމަށެވެ.
"އަދިވެސް މި މަގާމަށް ޝައުގުވެރިކަން ހުރޭ. ގަބޫލުކުރަން އަދިވެސް އަޅުގަނޑަށް ކުރެވިދާނެ ބައިވަރު ކަންކަން އެބަހުރި ކަމަށް. ރައްޔިތުން ނިންމި ކޮންމެ ގޮތަކަށް އަޅުގަނޑު އިހްތިރާމް ކުރާނަން،" ފައިސަލް ވިދާޅުވި އެވެ.
Tweet
Telegram
ގުޅުންހުރި ލިޔުންތައް
6 ދުވަސް ކުރިން
0
މަޖިލީހުގެ އިންތިހާބު: އޮބްޒާވަރުންގެ ތައުރީފް އީސީއަށް
8 ދުވަސް ކުރިން
0
ފޮށިތައް ބަންދުކޮށް، ގުނަން ފަށައިފި
8 ދުވަސް ކުރިން
0
އިންތިހާބުގައި ވޯޓުލީ މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
8 ދުވަސް ކުރިން
0
ރައީސް މުއިއްޒު ވޯޓުލައްވައިފި
ކިޔުންތެރިންގެ ޝުއޫރު
56%
17%
22%
6%
ފޮނުވާ
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު
ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި
9 ގަޑިއިރު ކުރިން
0
ރައީސް އޮފީހުން މިހާރު ބުނަނީ ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށް!
9 ގަޑިއިރު ކުރިން
0
އެހެން ގައުމުތަކަށްވެސް މި މަހު ކަރަންޓު، ގޭސް ބިލު ބޮޑު: ފަހުމީ
10 ގަޑިއިރު ކުރިން
0
މަޖިލިސް ރައީސް ކަނޑައަޅާނީ ޕާޓީ ލެވަލްގައި މަޝްވަރާކުރުމަށްފަހު: ހީނާ
18 ގަޑިއިރު ކުރިން
0