ވިޔަފާރި
ނޮވެމްބަރު 17، 2023: ދަރަނި ބޮލަކަށް ޖެހެނީ 227,812ރ
ނިމުނު ސޯލިހު ސަރުކާރުގެ ހިއްސާ ދާރުން
ދިވެހި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީ ދީގެން އެކި ފަރާތްތަކުން ނަގާފައިވާ ޖުމުލަ ދަރަނި ނޮވެމްބަރު 17، 2023 ނިޔަލަށް 119 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން 110.9 ޕަސެންޓަށް އިތުރުވެފަ އެވެ. އެއީ 119 ބިލިއަން ރުފިޔާއެވެ.

އެންމެ ފަހުގެ ބޯހިމެނުގެ ތަފާސް ހިސާބުތަކުން ބަލާއިރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަކަށް އެޖެހެނީ ގާތްގަނޑަކަށް 227,812ރ ގެ ދަރަންޏެކެވެ.

އިއްޔެ ހުވާކުރެއްވި އާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިފްތިތާހީ ތަގުރީރުގައި އެމަނިކުފާނު ވަނީ މިކަމުގެ ކަންބޮޑުވުން ހިއްސާކުރައްވާފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސާދު މިއަދު އޮތީ ފުން އަނދަވަޅެއްގެ ތެރޭގަ އެވެ. އެގޮތުން އެމަނިކުފާނު ދައުލަތާ ހަވާލުވެލެއްވަން ޖެހިވަޑައިގަތީ ރާއްޖޭގެ މުޅި މާލީ ހަޔާތުގައި ވެސް ދިވެހި ތާރީހު ދުށް އެންމެ ބޮޑު ދަރަންޏާއެކު ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ގައުމުގެ ދަރަނި 119 ބިލިއަން ރުފިޔާ އަށް އަރާފައިވާ އިރު، ދަރަނީގެ މައްސަލަތައް ހައްލު ކުރައްވަން ހަރުދަނާ އަދި ހަލުއި ފިޔަވަޅުތަކެއް އަޅުއްވާނެ އެވެ.

އޭގެތެރޭގައި، ވެލާނާ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމައި އެތަން ހުޅުވުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އެތައް ގުނައެއް އިތުރުވެ، އިގުތިސޯދަށް ތިޔާގިކަން އަންނާނެ ކަން އެ މަނިކުފާނު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި އަދަދުން: 

  • ދިވެހި ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާވާ ގޮތަށް ސޮވެރިން ގެރެންޓީ ދީގެން އެކި ފަރާތްތަކުން ނަގާފައިވާ ޖުމުލަ ދަރަނި 118.9 ބިލިއަން ރުފިޔާއަށް އަރާ
  • މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ޕަބްލިކް އަދި ޕަބްލިކް ގެރެންޓީ ދަރަނި ވަނީ ޖީޑީޕީގެ ނިސްބަތުން 110.9 ޕަސެންޓަށް އިތުރުވެފަ އެވެ. އެއީ 118.9 ބިލިއަން ރުފިޔާއަށް އަރާ
  • އެންމެ ފަހުގެ ބޯހިމެނުގެ ތަފާސް ހިސާބުތަކުން ބަލާއިރު ބޮލަކަށް އެޖެހެނީ ގާތްގަނޑަކަށް 227,812ރ ގެ ދަރަންޏެއް
  • ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 50.9 ބިލިއަން ރުފިޔާއަށް އަރާ
  • އެެތެރޭގެ ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު 66.3 ބިލިއަން ރުފިޔާއަށް އަރާ
  • ސޯލިހު ސަރުކާރުން އެންމެ ގިނަ ލޯނު ނަގާފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު
  • ކޮވިޑު ސަޕޯޓުގެ ނަމުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަދަދު 92 މިލިއަން ޑޮލަރަށް ވުރެ އިތުރު
  • ބަޔާސް ކްރެޑިޓްގެ ގޮތުގައި ނަގާފައިވާ 14.7 ބިލިއަނާއި މަލްޓިލޭޓަރަލް 6.9 ބިިލިއަނާއި ބައިލޭޓަރަލް ފަސް ބިލިއަނާއި އެހެނިހެން ގޮތްގޮތުން ނަގާފައިވާ 7.7 ބިލިއަނުގެ އިތުރުން އަމިއްލަ ވިޔަފާރިތަކުން ނަގާފައިވާ 1.5 ބިލިއަން ރުފިޔާ ހިމެނޭ
  • ދިވެހި ސަރުކާރުން ޒިންމާވާ ގޮތަށް ނަގާފައިވާ ދަރަނީގެ އަދަދު 15.2 ބިލިއަން ރުފިޔާއަށް އަރާ
  • ދިވެހި ސަރުކާރުން ނަގާފައިވާ ސަބްސިޑަރީ ލޯނުތަކުގެ އަދަދު 10.9 ބިލިއަން ރުފިޔާއަށް އަރާ

ކިޔުންތެރިންގެ ޝުއޫރު
50%
0%
50%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު